މިވަގުތު ވަގުނޫޓެއް ދައުރުނުވޭ: އެމްއެމްއޭ

މިވަގުތު ވަގުނޫޓެއް ދައުރުނުވޭ: އެމްއެމްއޭ

Author
ޢަލީ އާދަމް
18 ޖެނުއަރީ 2021 06:35
0

ފަސްސަތޭކަ ރުފިޔާގެ ވަގު ނޫޓެއް ދައުރުނުވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭން ބުނެފި އެވެ.

އެމްއެމްއޭން މިހެން ބުނެފައި ވަނީ ފަސްސަތޭކަ ރުފިޔާގެ ވަގު ނޫޓު ދައުރުވާ ކަމަށް އާންމުންގެ ތެރޭގައި އަޑުތައް ފެތުރި ފޮޓޯތަކެއް ދައުރުވަމުންދާ ދަނޑިވަޅެއްގައެވެ.

މަރުކަޒީ ބެންކް އެމްއެމްއޭގެ ތަރުޖަމާނު މުޙައްމަދު ނާސިހު ވިދާޅުވީ، ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯގައި ފެންނަ 500 ރުފިޔާގެ ނޫޓު އެ އިދާރާ އަށް ގެންގޮސް ބެލި ބެލުމުން އެ ނޫޓަކީ ސައްހަ ނޫޓެއްކަން ޔަގީން ވެފައި ވާކަމަށެވެ. އަދި އެނޫޓުގެ ކުލަ ފަނޑުވެފައިވަނީ، އޭގައި ޖެހުނު ކުލައެއް ފިލުވުމަށް މަސައްކަތް ކޮށްފައި ވާތީ ކަމަށް އެމްއެމްއޭން ބުނެއެވެ.

އެމްއެމްއޭން ބުނީ އެ ނޫޓުން އެކަން ފާހަގަ ކުރެވުނު ނަމަވެސް، ނޫޓުގެ ސައްޙަ ކަމާއި މެދު އެއްވެސް ޝައްކެއް ނެތް ކަމަށެވެ. މިފަދަ ގޮތަކަށް ރާއްޖޭގައި ދައުރުވާ އެއްވެސް ނޫޓަކާއި މެދު ޝައްކު އުފެއްދިއްޖެނަމަ އެ އިދާރާއަށް ގެނެސް އެކަން ރަނގަޅަށް ޔަގީންކުރުމަށް އެމްއެމްއޭން އިލްތިމާސްކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.