އއ. ވެލިގަނޑު އައިލެންޑް ރިސޯޓުގެ ގެސްޓް ރޫމެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިން ހަރަކާތްތެރިވާން ފަށައިފި އެވެ.
މި ހާދިސާ ހިނގައިިގެން އެމްއެންޑީއެފްއަށް ރިޕޯޓްކޮށްފައި ވަނީ މިއަދު 14:15 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
ރިސޯޓުގެ ގެސްޓް ރޫމެއްގައި ރޯވި އަލިފާންގަނޑު އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުން ކޮންޓްރޯލްކޮށްފައި ވާ ކަަަމަށް އެމްްއެންޑީއެފުން ބުނެއެވެ.
އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއުގެ ލޯންޗެއް މިހާރުދަނީ އެ ރިސޯޓަށް ދަތުރު ކުރަމުންނެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުންވެފައި ނުވި ނަމަވެސް އަލިފާން ރޯވި ކޮޓަރި އެއްކޮށް އަނދާފައި ވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.
ކޮމެންޓު ފޮނުވާ