ސީރިއާއަށް ހަނގުރާމައަށް ގޮސްފާ އައި މީހާ ޓެގް އެޅުވުމަށް ފަހު ދޫކޮށްލައިފި

ސީރިއާއަށް ހަނގުރާމައަށް ގޮސްފާ އައި މީހާ ޓެގް އެޅުވުމަށް ފަހު ދޫކޮށްލައިފި

Author
ޢަލީ އާދަމް
18 ޖެނުއަރީ 2021 02:30
0

ސީރިއާއަށް ހަނގުރާމައަށް ގޮސްފާ، އައި ކަމުގެ ތުހުމަތުގައި މިދިޔަ އޮކްޓޯބަރު މަހު ހައްޔަރުކުރި މީހާ ޓެގް އެޅުވުމަށް ފަހު ދޫކޮށްލައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ ޓެރަރިސްޓް ޖަމާއަތްތަކާއެކު ސީރިޔާގެ ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށް އެ ގައުމަށް ދަތުރުކުރި ކަމުގެ ތުހުމަތުގައި އޮކްޓޯބަރު 15، 2020 ދުވަހުގެ ރޭ ހައްޔަރުކުރި 34 އަހަރުގެ ފިރިހެނަކު ނޭޝަނަލް ރީއިންޓެގްރޭޝަން ސެންޓަރުގައި ބެހެއްޓުމަށް ފަހު މިދިޔަ ޑިސެމްބަރު މަހުގެ ތިން ވަނަ ދުވަހު މޮނިކޮން އަމުރުގެ ދަށުން އޭނާގެ ކަންކަން ބަލައި މޮނީޓާކުރުމަށް ދޫކޮށްލާފައި ވާކަމަށެވެ.

ސީރިއާއަށް ހަނގުރާމައަށް ދިއުމަށްފަހު އެނބުރި ރާއްޖެ އައި މީހާ ހައްޔަރުކޮށްފައިވަނީ އޮކްޓޯބަރު މަހުއެވެ. އެމީހާއަކީ ސީރިޔާގައި ހިނގަމުންދާ ޓެރަރިސްޓު ޙަރަކާތްތަކުގައި ބައިވެރިވެފައިވާ މީހެއްކަމަށް ތުހުމަތު ކުރެވޭ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙަމަދު ޙަމީދު ވަނީ ވިދާޅުވެފަ އެވެ. އަދި އޭނާއަކީ ބޭރު ޤައުމުތަކުގައި ހިންގާ ޓެރަރިސްޓް ޙަރަކާތްތަކުގައި ބައިވެރިވާކަމަށް ތުހުމަތުކުރެވޭ ދިވެހިންގެ ތެރޭގައި ހިމެނޭ މީހެއް ކަމަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް މީގެކުރިން ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހުދުހުދު
" ގޮސްއައި" މީހާ..........އަޅެ ފަހެ ޚަބަރު ލިޔަން ލަދެއް ނުގަނޭދޯ..އެޑިޓަރުގެ ޙާލަކީވެސް އެއީދޯ? ނޭނގެންޏާ ޚަބަރު ނުލިޔަންވީނު.