ވެކްސިން ޖަހަން ރަޖިސްޓްރީވުމަށް މާދަމާ ހުޅުވާލަނީ

ވެކްސިން ޖަހަން ރަޖިސްޓްރީވުމަށް މާދަމާ ހުޅުވާލަނީ

Author
މުޙައްމަދު ޖިމީ
17 ޖެނުއަރީ 2021 10:54
0

ކޯވިޑް19އިގެ ވެކްސިން ޖެހުމަށްވެކްސި ރެޖިސްޓްރީ ކުރަން މާދަމާ ހުޅުވާލަން ނިންމައިފިއެވެ.

ހެލްތު އމެޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ.ފާޠިމަތު ނަޒްލާ ރަފީގު ވިދާޅުވީ ވެކްސިނުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަކަމަށެވެ. ޑޮކްޓަރ ނަޒްލާ ވިދާޅުވީ ވެކްސިން ޖެހުމަށް ބޭނުންވާ މީހުން ރަޖިސްޓްރީކުރުމަށް މާދަމާ ޕޯޓަލް ހުޅުވާލާނެކަމަށެވެ. އެންމެ ފުރަތަމަ ހުޅުވާލާނީ ސިއްހީ ހިދުމަތްތެރިންނާއި ސޯޝަލް ކެއާ ވޯކަރުންނަށްކަމަށް ނަޒްލާ ވިދާލުވިއެވެ.

"ވެކްސިން ލިބޭއިރު އެންމެ ފުރަތަމަ ވެކްސިންޖަހާނެ މީހުން ތަރުތީބުން އެކި ކެޓަގަރީތަކަށް ކަނޑައަޅާފައިވަނީ. އޭގެތެރޭގައި ހިމެނޭ ފަރާތްތަކުގެތެރޭގައި އެންމެ ފުރަތަމަ ސިއްޙީ ދާއިރާ އަދި ސޯޝަލް ކެއަރވޯކާސް ގޮތުގައި މަސައްކަތްކުރާ މީހުން މިތިބީ އެންމެ ފުރަތަމަ ވެކްސިން ޖަހާ މީހުންގެ ގޮތުގައި ހިމެނެނީ. އެންމެ ފުރަތަމަ މާދަމާ އަޅުގަނޑުމެން ރަޖިސްޓްރޭޝަން ހުޅުވާލާނީ މިދާއިރާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް."

ވެކްސިން ޖެހުމަށް ރަޖިސްޓްރީވުމަށް ހުޅުވާލާފައިވާ ޕޯޓަލްއަކީ my.health.mv އެވެ.

ޑޮކްޓަރ ނަޒްލާ ވިދާޅުުވީ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި އިތުރު ފަރާތްތަކަށްވެސް ވެކްސިނަށް ރަޖިސްޓްރީކުރުމަށް ހުޅުވާލާނެކަމަށެވެ. ކޯވިޑް ވެކްސިން ޖަހާނެ ފަރާތްތައް ރަޖިސްޓްރީވުމަށް ހުޅުވާލާފައިވާއިރު، ކޯވިޑް-19ގެ ވެކްސިން މިމަހުގެ 26 ގައި ރާއްޖެއަށް ގެނައުމަށް ހަމަޖެހިފައިވާކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ސަރުކާރުން ބުނެފައި ވަނީ ކޯވިޑް-19ގެ ވެކްސިން މިމަހު ރާއްޖެ ގެނައުމަށް ދެތިން ކުންފުންޏަކާއެކު މިހާރު މަޝްވަރާކުރަމުންދާކަމަށާއި، މިމަހުގެ ތެރޭގައި ވެކްސިން ރާއްޖެއަށް ލިބޭނެކަމުގެ އުއްމީދު ވަރަށް ބޮޑުކަމަށެވެ. ކޯވިޑް ވެކްސިން ރާއްޖެއަށް ގެނައުމަށްޓަކައި، ސިންގަޕޫރުގެ ކުންފުންޏެއް ކަމުގައިވާ އެސްޓްރާޒެނެކާ ސިންގަޕޯރ ޕީ.ޓީ.އީ. އެލް.ޓީ.ޑީ.އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާކަމަށް ފިނޭންސް މިނިސްޓްރީން ވަނީ މިދިޔަ މަހުގެ31 ވަނަ ދުވަހު ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.