ރ. އަތޮޅުގައި އެންދަމަން ހަރަކާތްތެރިވި މަސްދޯންޏެއް ފަރަކަށް އަރައިގެން ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ ރ. ކަނދޮޅުދޫގެ ހުޅަނގު ދެކުނު ފަރާތުގައި އޮތް ފަރަކަށް، އެންދަމަން ނުކުމެއުޅުނު މަސް ދޯންޏެއް އަރާފައިވާކަމުގެ ރިޕޯޓް ލިބިފައިވަނީ މިރޭ 20:12 ހާއިރު ކަމަށެވެ. އަދި އެ ދޯންޏަކީ ރ. ދުވާފަރު "ހިތްވަރު" ނަމަކަށް ކިޔާ ދޯންޏެއް ކަމަށްވެސް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.
ފަރަށް އެރުމުގެ ސަބަބުން ދޯނީގެ އިންޖީނުރޫމުން ދިޔަވާކަމަށާއި އެމްއެންޑީއެފްގެ ނޯދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ޑައިވަރުން މިހާރު ދޯނި ފަރަށް އަރާފައިވާ ސަރަހައްދުގައި ހަރަކާތްތެރިވަމުން ގެންދާކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.
ފަރަށް އެރި އިރު ދޯނީގައި 11 މީހުން ތިބި ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.
ކޮމެންޓު ފޮނުވާ