މާފުށީ ކައިރީގައި އޮތް ސަފާރީގައި ހިނގި އަލިފާނުގެ ޙަދިސާގައި ފިހުނީ އެސަފާރީގެ ވެރިޔާކަމަށާއި، އިތުރު ފަރުވާއަށް މާފުށްޓަށް ގެންގޮސްފައިވާކަމަށް އެމްއެންޑީއެފް އިން ބުނެފިއެވެ.
މާލެ އަތޮޅު މާފުށީ ކައިރީގައި އޮތް "އޯޝަން ޑައިވިން މޯލްޑިވްސް' ނަމަކަށް ކިޔާ ސަފާރީގައި އަލިފާން ރޯވެ ރިޕޯޓްކޮށްފައި ވަނީ މެންދުރު 13:24 ހާއިރުކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. މި ޙާދިސާގައި ރޯވި އަލިފާންގަނޑު ކޮންޓްރޮލްކޮށް ނިއްވާލާފައިވަނީ 14:17 ހާއިރުކަމަށާއި، އަލިފާން ރޯވެފައިވަނީ ސަފާރިގެ އިންޖީން ރޫމްގައިކަމަށްވެސް އެމްއެންޑީއެފް އިން ބުނެއެވެ.

މިޙާދިސާގައި އެކަކު ފިހިފައިވާއިރު، އެއީ ސަފާރިގެ ވެރިޔާކަމަށާއި، އެއީ ބިދޭސީއެއްކަމށްވެސް އެމްއެންޑީއެފް އިން ބުންނެވެ. އޭނާއަށް ފަރުވާދިނުމަށް މިހާރު ވަނީ މާފުށީ ލޯންޗެއްގައި މާފުއްޓަށް ގެންގޮސްފައެވެ. ސަފާރީގައި އަލިފަނުގެ ޙަދިސާ ހިނގިއިރު13 މީހުން ތިއްބެވެ. އޭގެ ތެރޭގައި5 ފަޅުވެރިން ހިމެނެއެވެ. ސަފާރިގެ ކެޕްތަނަކީ ދިވެއްސެކެވެ.
ކޮމެންޓު ފޮނުވާ