ޔާމީނާއި ނަޝީދަށް މިހާރު ދުނިޔެ ހިނގާ ގޮތެއް ނޭނގޭ: ފަލާހް

ޔާމީނާއި ނަޝީދަށް މިހާރު ދުނިޔެ ހިނގާ ގޮތެއް ނޭނގޭ: ފަލާހް

Author
އަހުމަދު
05 ސެޕްޓެމްބަރ 2026 11:48
0

ރައީސް ޑރ. މުހައްމަދު މުއިއްޒު ކިޔަވާ ވިދާޅުވާ ސިޔާސީ ފޮތުން، ކުރީގެ ދެ ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފިލާވަޅު ނަންގަވަން ޖެހިވަޑައިގެންފައިވާ ކަމަށް، ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހް ވިދާޅުވެއްޖެއެވެ.

މިރޭ ޕީއެންސީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ފަލާހް ވިދާޅުވީ 23 ރުފިޔާއަށް އަރާފައި އޮތް ޑޮލަރުގެ އަގު މިހާރު ދަށަށް ދާން ފަށާފައިވާ ކަމަށާއި، މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު އޮތް މިންވަރަށް ދާދި އަވަހަށް އަގު ތިރިވާނެ ކަމަށެވެ. ޑޮލަރުގެ އަގު ބަދަލު ނުވާނެ ކަމަށް ބުނެ، ގާނޫނު އިސްލާހު ކުރުމުން އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ވިދާޅުވި އިގްތިސާދީ މާހިރު ކިޔެވި ދުވަސްވަރާއި މިހާރު ދުނިޔޭގައި އިގްތިސާދާއި ސިޔާސަތު ހިނގާ ގޮތް ތަފާތު ކަމަށާއި، އެ ބޭފުޅާ ޖަލުގައި ފަސް އަހަރު ބޭއްވުމުން "އައުޓް ޑޭޓް" ވެފައި ވުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް ފަލާހް ވިދާޅުވިއެވެ.

ޔާމީނަށް ފާޑު ވިދާޅުވަމުން ފަލާހް ވިދާޅުވީ، ގިނަ ފައިސާތަކެއް ލިބިވަޑައިގެންފައި ހުއްޓަސް، ދުނިޔެވީ އަރާމެއް އެމަނިކުފާނު ނުހޯއްދަވާ ކަމަށާއި، ގޭގައި މުންޑެއް ލައިގެން ރަޖާ ގަނޑެއް އަޅުއްވައިގެން

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.