ކޮރަޕްޝަން މައްސަލައެއްގައި ނަމާލް ރާޖަޕަކްސަ 13 ދުވަހަށް ބަންދުކޮށްފި

ކޮރަޕްޝަން މައްސަލައެއްގައި ނަމާލް ރާޖަޕަކްސަ 13 ދުވަހަށް ބަންދުކޮށްފި

Author
އަހުމަދު
05 ސެޕްޓެމްބަރ 2026 04:26
0

ސްރީލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ ދަރިކަލުން އަދި ގާނޫނު ހަދާ މަޖިލީހުގެ މެންބަރު ނަމާލް ރާޖަޕަކްސަ، ކޮރަޕްޝަނުގެ މައްސަލައަކާ ގުޅިގެން 13 ދުވަހަށް ބަންދުކޮށްފިއެވެ.

ލަންކާގެ ނޫސްތަކުގައިވާ ގޮތުން، މި މަހުގެ 18ގެ ނިޔަލަށް ނަމާލް ބަހައްޓާނީ ކޮލޮމްބޯ ރިމާންޑް ޕްރިޒަންގައެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ސްރީލަންކާގެ އެންޓި-ކޮރަޕްޝަން ކޮމިޝަނުން ފަސް ގަޑިއިރަށްވުރެ ދިގު މުއްދަތަކަށް ސުވާލުކުރުމަށްފަހުއެވެ.

މި މައްސަލައަކީ 2013 ވަނަ އަހަރު ސްރީލަންކަން އެއާލައިނަށް އެއާބަސް މަތިންދާބޯޓު ގަތުމުގެ މުއާމަލާތާ ގުޅޭ މައްސަލައެކެވެ. އެ މުއާމަލާތުގެ ތެރެއިން ސްރީލަންކާގެ އިސް މަސްއޫލުވެރިންނާއި ސިޔާސީ ބޭފުޅުންނަށް ބޮޑެތި އަދަދުތަކުން ރިޝްވަތު ދީފައިވާ ކަމަށް ތުހުމަތުކުރެވެއެވެ. ސްރީލަންކަން އެއާލައިންސްގެ ކުރީގެ ސީއީއޯ ދީފައިވާ ބަޔާނުގައި، އެ ފައިސާގެ ތެރެއިން ގާތްގަނޑަކަށް ބައި މިލިއަން އެމެރިކާ ޑޮލަރު (60 މިލިއަން ރުޕީސް) ނަމާލްއާ ހަވާލުކޮށްފައިވާ ކަމަށް ބުނެފައިވެއެވެ.

ރާޖަޕަކްސަ އާއިލާއިން ވަނީ މި ތުހުމަތުތައް ދޮގުކޮށް، މިއީ ސިޔާސީ މަގުސަދެއްގައި ކުރަމުންދާ ކަމެއް ކަމަށް ބުނެފައެވެ. މި މައްސަލައިގައި ކޮމިޝަނުން ވަނީ މި އަހަރުގެ މެއި މަހު މަހިންދަ ރާޖަޕަކްސައާ ވެސް ސުވާލުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.