ދެކުނުގެ ރަށެއްގައި 16 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ބިދޭސީއަކު ހައްޔަރަށް

ދެކުނުގެ ރަށެއްގައި 16 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ބިދޭސީއަކު ހައްޔަރަށް

Author
އަހުމަދު
05 ސެޕްޓެމްބަރ 2026 01:20
0

ދެކުނުގެ ރަށެއްގައި އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި 42 އަހަރުގެ ބިދޭސީ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

ފުލުހުން ބުނިގޮތުގައި، ސައުތު ޕޮލިސް ރީޖަންގައި ހިމެނޭ ރަށެއްގައި މި މައްސަލަ ހިނގާފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ. މައްސަލަ ރިޕޯޓު ކުރުމާއެކު ފުލުހުން ވަނީ ތުހުމަތުކުރެވޭ ބިދޭސީ މީހާ އެދުވަހުގެ ވަގުތެއްގައި ހައްޔަރުކޮށްފަ އެވެ. މި މައްސަލައިގެ ތަހުގީގު ފުލުހުން ދަނީ ކުރިއަށް ގެންދަމުންނެވެ.

ފަހަކަށް އައިސް ރާއްޖޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ދަނީ ކަންބޮޑުވާ މިންވަރަކަށް އިތުރުވަމުންނެވެ. ފުލުހުންގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މި އަހަރުގެ މިހާތަނަށް ޖިންސީ ކުށުގެ 174 މައްސަލައެއް ފުލުހުންނަށް ވަނީ ހުށަހަޅާފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.