ޤާސިމް މަރުގެ މައްސަލަ: ޤާނޫނީ ވަކީލުންނާ ބައްދަލުކުރުމުގެ ފުރުޞަތު ދިނުމަށް އަޑުއެހުން ކެންސަލްކޮށްފި

ޤާސިމް މަރުގެ މައްސަލަ: ޤާނޫނީ ވަކީލުންނާ ބައްދަލުކުރުމުގެ ފުރުޞަތު ދިނުމަށް އަޑުއެހުން ކެންސަލްކޮށްފި

Author
މުޙައްމަދު ޖިމީ
17 ޖެނުއަރީ 2021 11:15
0

ޓެކްސީ ޑްރައިވަރު ޤާސިމް ޙަސަން މަރާލި މައްސަލައިގައި ދައުލަތުން ދައުވާކުރާ އަދުހަމް މުހައްމަދުގެ މިއަދު ޞޭއްވުމަށް ތަޢާވަލުކުރި އަޑުއެހުން ކްރިމިނަލް ކޯޓުން ކެންސަލް ކޮށްފިއެވެ.
މިއަދުގެ އަޑުއެހުން ކެންސަލް ކޮށްފައިވަނީ އަދުހަމްގެ ޤާނޫނީ ވަކީލުންގެ ބައްދަލުވުން މިއަދަށް ތަޢާވަލުކޮށްފައިޥާތީ އެފުރުޞަތު ދިނުމުގެގޮތުންކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފައެވެ.

2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 4 ވަނަދުވަހުގޭ ޓެކްސީ ޑްރައިވަރު ގާސިމް ހަސަނަށް ވަޅިއަކުން ހަމަލާދީ މަރާލި މައްސަލާގައި ދައުވާކުރި ޅ.ހިންނަވަރު ބޮޑުހިޔާގޭ އަދުހަމުގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. އަދި މި ދައުވާ އުފުލާފައިވަނީ ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެއްތި ގެންގުޅުން މަަނާކުރުމުގެ ޤާނޫނުގެ ދަށުންނެވެ.

ޤާސިމް ޙަސަން މަރާލި މައްސަލައިގައި ދައުލަތުން ކުރި ދަޢުވާއަށް އެއްބަސްވުމަށް ފަހު ފަހުން އިންކާރުކޮށްފައިވާ އަދުހަމަށް 8 މަސް ދުވަހުން ވެސް ވަކީލަކު ހަމަނުޖެއްސުނު ކަމަށް އޭނާ އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ކޯޓުގަވަނީ ބުނެފައެވެ. ވަކީލަކު ހަމަނުޖެހުނަސް މައްސަލައާ ގުޅޭ ލިޔުންތައް ލިބުމުން އޭނާއަށް އަމިއްލައަށް ކުރިއަށް ދެވިދާނެ ކަމަށް ބުނެ އަދުހަމް ވަނީ އޭނާ އަމިއްލަ ދިފާއުގައި ވަކާލާތުކޮށްފާނެކަމަށާއި، މައްސަލައާ ބެހޭ ގޮތުން ހޯދަންޖެހޭ ހުރިހާ މައުލޫމާތެއް މިހާރު ހޯދާބަލާފައިވާނެކަމަށް، ފޯނު ކޯލެއް ކުރަން ފުރުސަތު ނުލިބިގެން ޝަކުވާކުރި އަދުހަމް ވަނީ ބުނެފައެވެ.

ހުޅުމާލޭގައި ޓެކްސީ ކުރަމުންދަނިކޮށް ތޫނު އެއްޗަކުން ހަމަލާދިނުމުގެ ސަބަބުން، އދ.މާމިގިލީ ކަނީރުމާގޭ ޤާސިމް ހަސަން މަރުވެފައިވަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށެވެ.
ޤާސިމަށް ހަމަލާދިން މައްސަލާގައި ދައުލަތުން ކުރި ދަޢުވާއަށް އެއްބަސްވުމަށްފަހު އޭގެ 3 ވަރަކަށް ދުވަސް ފަހުން އެކަމަށް އިންކާރު އަދުހަމް ބުނެފައިވަނީ ކުރިން ކުށަށް އެއްބަސްވީ ފުލުހުންގެ ބަންދުގައި ހުރިއިރު އޭނާއަށް މަސްތުވާތަކެތި ދިނުމުގެ ސަބަބުން ވާނުވާނޭނގި ހުރެކަމަށެވެ. ނަމަވެސް އަދުހަމްގެ އެ ތުހުމަތުތައް ފުލުހުންވަނީ ދޮގުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.