އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުކުރަން އަދި ގޮތެއް ނުނިންމާ: ހާރިޖީ ވުޒާރާ

އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުކުރަން އަދި ގޮތެއް ނުނިންމާ: ހާރިޖީ ވުޒާރާ

Author
އަހުމަދު
19 އޮގަސްޓް 2026 03:42
0

އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުކުރުމަށް ދިވެހި ސަރުކާރުން ވަކި ގޮތެއް އަދި ނިންމާފައި ނުވާ ކަމަށް ހާރިޖީ ވުޒާރާއިން ބުނެފިއެވެ.

އިންޑިއާގެ ބެންގަލޫރުގައި ދިވެހި ކޮންސުލޭޓެއް އަދި އައްޑޫގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުގައި ފެތުރެމުންދާ ހަބަރުތަކާ ގުޅިގެން، ހާރިޖީ ވުޒާރާއިން ނެރުނު ނޫސްބަޔާނެއްގައި ވަނީ އެ ހަބަރުތަކަކީ ސައްހަ ހަބަރުތަކެއް ނޫން ކަމަށް ބުނެފައެވެ.

މާލެ ސިޓީ ފިޔަވައި އެހެން ރަށެއްގައި ބޭރު ގައުމެއްގެ ކޮންސިއުލޭޓެއް ގާއިމުކުރުމާ މެދު މިހާތަނަށް ސަރުކާރުން ވަކި ގޮތެއް ނިންމާފައި ނުވާ ކަން ފާހަގަކޮށް އެ ވުޒާރާއިން ބުނީ، އެއީ ކަމާ ބެހޭ ހުރިހާ ފަރާތްތަކާ ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްގެން ނޫނީ ނިންމޭނެ ނިންމުމެއް ނޫން ކަމަށެވެ.

ހަމައެއާއެކު، ނޫސްތަކުގައާއި މީސްމީޑިއާގައި ތެދު އަދި ޒިންމާދާރު މައުލޫމާތު ޝާއިއުކުރުމަކީ މުޖުތަމައުގެ ހަމަޖެހުމާއި ރައްޔިތުންގެ ހޭލުންތެރިކަމަށްޓަކައި ކޮންމެހެން ބޭނުންވާ ކަމެއް ކަން އެ ވުޒާރާއިން ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.