އެމް.އެން.ޔޫ ފަހި ފުރުސަތު 2026 ގައި އެމް.ޑަބްލިޔު.އެސް.ސީ އިން ބައިވެރިވަނީ

އެމް.އެން.ޔޫ ފަހި ފުރުސަތު 2026 ގައި އެމް.ޑަބްލިޔު.އެސް.ސީ އިން ބައިވެރިވަނީ

Author
އަހުމަދު
22 މެއި 2026 08:14
0

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމް.އެން.ޔޫ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެމް.އެން.ޔޫ ފަހި ފުރުސަތު 2026″ ގައި މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމް.ޑަބްލިޔު.އެސް.ސީ) އިން އެގްޒިބިޓަރެއްގެ ގޮތުގައި ބައިވެރިވާން ނިންމައިފިއެވެ.

އެމް.އެން.ޔޫ އިން އެކްސް (ކުރީގެ ޓްވިޓަރ) ގައި ހިއްސާކޮށްފައިވާ ގޮތުގައި، މި ފެއަރ ކުރިއަށްދާނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ 3 ވަނަ ދުވަހުން ފެށިގެން 5 ވަނަ ދުވަހުގެ ނިޔަލަށެވެ. މައުރަޒު ހުޅުވިފައި ހުންނާނީ ކޮންމެ ދުވަހެއްގެވެސް ހަވީރު 16:00 އިން ރޭގަނޑު 22:00 އަށެވެ. މި ހަރަކާތް ކުރިއަށްދާނީ އެމް.އެން.ޔޫގެ މައި އިދާރާ އަދި އެކި ކެމްޕަސްތަކުގައެވެ.

މި ފެއަރގައި ބައިވެރިވާ އެމް.ޑަބްލިޔު.އެސް.ސީ އަކީ ރާއްޖޭގައި ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ކުންފުންޏެވެ. 1 އެޕްރީލް 1995 ގައި އުފެދުނު މި ކުންފުންޏަކީ މާލެއަށް ކުރިމަތިވެފައި އޮތް ސާފު ބޯފެނުގެ ދަތިކަމާއި، ނަރުދަމާގެ ނިޒާމުގެ މައްސަލަތަކަށް ހައްލު ހޯދައިދިނުމުގެ މަޤްސަދުގައި އުފެއްދި ކުންފުންޏެކެވެ.

އެމް.އެން.ޔޫ ފަހި ފުރުސަތު ފެއަރގެ ޒަރީޢާއިން އެމް.ޑަބްލިޔު.އެސް.ސީ އިން ފޯރުކޮށްދޭ ފުރުސަތުތަކާއި މައުލޫމާތުތައް ބަލާލުމަށް ޒިޔާރަތްކުރާ ފަރާތްތަކަށް ޔުނިވަރސިޓީން ވަނީ ދައުވަތު އަރުވާފައެވެ. އަދި މި ފެއަރގައި ބައިވެރިވާ އިތުރު ފަރާތްތަކުގެ މައުލޫމާތު ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރަމުންދާނެ ކަމަށްވެސް އެމް.އެން.ޔޫ އިން ބުނެފައިވެއެވެ.

މިއީ ދަރިވަރުންނާއި އާންމުންނަށް ވަޒީފާގެ ފުރުސަތުތަކާއި، ތަޢުލީމީ އަދި މަސައްކަތުގެ މައިދާނުގައި ހުރި ފުރުސަތުތައް ދެނެގަތުމަށް ލިބިގެންދާނެ ވަރަށް ރަނގަޅު ޕްލެޓްފޯމެއް ކަމަށް ބެލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.