މަރަދޫފޭދޫގައި ހިންގަމުންދިޔަ ޑްރަގް ކެފޭއެއް 90 ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކޮށްފި

މަރަދޫފޭދޫގައި ހިންގަމުންދިޔަ ޑްރަގް ކެފޭއެއް 90 ދުވަހަށް ބަންދުކުރަން ކޯޓުން އަމުރުކޮށްފި

Author
އަހުމަދު
16 ޖޫން 2026 05:24
0

އައްޑޫ ސިޓީގެ މަރަދޫފޭދޫގައި މަސްތުވާތަކެތި ބޭނުންކުރުމަށް ހާއްސަކޮށްގެން ހިންގަމުންދިޔަ ތަނެއް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފިއެވެ.

މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން މަރަދޫފޭދޫ މެޖިސްޓްރޭޓް ކޯޓުން އިއްޔެ ނެރުނު އަމުރުގައި ވަނީ، އެ ރަށު އުއްމީދުގެ ޖޫން 15 ވަނަ ދުވަހުން ފެށިގެން 90 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށެވެ. މިއީ އެ ކޯޓުން މިފަދަ އަމުރެއް ނެރުނު ފުރަތަމަ ފަހަރެވެ. ފުލުހުން މައުލޫމާތު ދޭގޮތުގައި، ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފައިވާ މިފަދަ ތަންތަނަށް ހުއްދަ ނެތި ވަނުމާއި، އެތަންތަނަށް އެއްވެސް ގެއްލުމެއް ދިނުމަކީ ގާނޫނީ ކުށެކެވެ. އަދި އެފަދަ އަމަލުތައް ހިންގާ ފަރާތްތަކާ މެދު އެންމެ ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ފުލުހުން ވަނީ ދީފައެވެ.

މިއީ އައްޑޫ ސިޓީގައި ޑްރަގް ކެފޭއެއްގެ ގޮތުގައި ބޭނުންކުރަމުންދިޔަ ތަނެއް ބަންދުކުރަން ކޯޓުން އަމުރުކުރި ދެވަނަ ފަހަރެވެ. މި މަހުގެ ތެރޭގައި ހިތަދޫގެ ގެއެއްވެސް ވަނީ މިގޮތަށް ބަންދުކޮށްފައެވެ. އަދި އޭގެ ކުރިން ފުވައްމުލަކު ސިޓީގައިވެސް މިފަދަ ތަނެއް 85 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ. މަސްތުވާތަކެތީގެ ވިޔަފާރިކޮށް، އެތަކެތި ބޭނުންކުރަން ފުރުސަތުދޭ ތަންތަން ހޯދައި ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ފުލުހުން ދަނީ މެދުކެނޑުމެއްނެތި ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.