ފެނާއި ނަރުދަމާގެ މަޝްރޫއުތައް ހުއްޓިފައިވާތީ ހައުސިންގ މިނިސްޓަރު މަޖިލީހަށް ހާޒިރުކުރަނީ

ފެނާއި ނަރުދަމާގެ މަޝްރޫއުތައް ހުއްޓިފައިވާތީ ހައުސިންގ މިނިސްޓަރު މަޖިލީހަށް ހާޒިރުކުރަނީ

Author
އަހުމަދު
16 ޖޫން 2026 01:49
0

އެކި ރަށްރަށުގައި ހުއްޓިފައިވާ ފެނާއި ނަރުދަމާގެ މަޝްރޫއުތަކާ ގުޅޭގޮތުން ސުވާލުކުރުމަށް، ހައުސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރަން ހުށަހަޅައިފިއެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ. އޭނާ ހުށަހެޅުއްވި މައްސަލައިގައި އެދިވަޑައިގެންފައިވަނީ، ފެނާއި ނަރުދަމާގެ މަސައްކަތް ހުއްޓިފައިވަނީ ކޮން ރަށްތަކެއްގައިކަމާއި، އެ މަޝްރޫއުތައް އަލުން ފަށައި ނިންމާނެ ތާރީޚުތަކުގެ ތަފްސީލުތައް ވަޒީރުގެ ފަރާތްޕުޅުން ސާފުކޮށްދެއްވުމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.