ދެއްވަދޫ ކްލަސްޓައިން މިހާތަނަށް 52 މީހުން ޕޮޒިޓިވްވެއްޖެ

ދެއްވަދޫ ކްލަސްޓައިން މިހާތަނަށް 52 މީހުން ޕޮޒިޓިވްވެއްޖެ

Author
މުޙައްމަދު ޖިމީ
14 ޖެނުއަރީ 2021 11:42
0

ގއ.ދެއްވަދޫ ކްލަސްޓައިން މިހާތަނަށް 52 މީހަކު ޕޮޒިޓިވްވެއްޖެއެވެ.

އެޗްއީއޯސީގައި ބޭޭއްވި ޕްރެސްގައި އެޓޯލްސް ޕްރިޕެރަޑްނެސް ކްލަސްޓަރގެ މެމްބަރު އަޙްމަދު ނާޒިމް ވިދާޅުވީ ދެއްވަދޫ ކްލަސްޓަރއާ ގުޅުންހުރި 255 ކޮންޓެކްޓުން މިހާތަނަށް ފެނިފައިވާކަމަށެވެ. މީގެ ތެރޭގައި ހައި ރިސްކް ކެޓަގަރީގެ 100 މީހުން ހިމެނޭކަން އޭނާ ފާހަގަކުރެއްވިއެވެ. ދެއްވަދޫގެ ކްލަސްޓަރއާ ގުޅިގެން މިހަތަނަށް 5 ރަށެއްވަނީ މޮނީޓަރިންގެ ޙާލަތަށް ގެންގޮސްފައެވެ. އަދި 5 ރަށަކުން ރެންޑަމް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުން އަންނަކަމަށްވެސް އޭނާ ވިދަޅުވިއެވެ.

ދެއްވަދޫ ކްލަސްޓަރއާ ގުޅިގެން މިހާތަނަށް 43 މީހުން ދެއްވަދޫން ޕޮޒިޓިވްވެފައިވާއިރު ލ.ފޮނަދޫއިންވަނީ 4 މީހުން ޕޮޒިޓިވްވެފައެވެ. އަދި ގއ.ދާންދޫއިން 2 މީހުން އެއަތޮޅު ވިލިނގިލިން އެކަކު އަދި ހުޅުމާލެއިން 2 މީހުން ވަނީ ޕޮޒިޓިވްވެފައެވެ.

ނާޒިމް ވިދާޅުވީ ގއ.އަތޮޅު ތެރޭގެ ދަތުރުފަތުރުގެ ނިޒާމުގައި ބޭނުންކުރަމުން އަންނަ ކޮއިމަލާ-4 ނަމްބަރު ފެރީ ގައި މިމަހުގެ 9ވަނަ ދުވަހުން ފެށިގެން ދަތުރުކޮށްފައިވާ މީހެއްނަމަ އެކަން ވީ އެންމެ އަވަހަކަށް ކަމާބެހޭ ފަރާތްތަކަށް އެންގުމަށް އިލްތިމާސްކުރާކަމަށެވެ.

ގއ.އަތޮޅުގައި މިހާރު ކޯވިޑް-19ގެ ނުރައްކާ ކުރިމަތިވެފައިވުމާއެކު އެއަތޮޅުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައްވަނީ އަޅާފައެވެ. އެގޮތުން ބައެއް ސްކޫލްތައް ބަންދުކޮށްފައިވާއިރު އެއްވެސް ތަނަކުން އެރަށްރަށް ދަތުރު ނުކުރުމަށްވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.