މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީގެ) މުވައްޒަފަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.
އެމްއެމްސީން މަޢޫލޫމާތު ދިންގޮތުގައި އެ ކައުންސިލްގެެ މުވައްޒަފަކު ކޯވިޑް-19އަށް ޕޮޒިޓިވްވުމާ ގުޅިގެން ކޮންޓެކްޓް ޓްރެސިންގް ހެދުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އަދި އެމްއެމްސީގެ ރައީސްއާއެކު ޖުމްލަ 5 މުވައްޒަފުން ވަނީ ކަރަންޓީން ކުރެވިފައިކަމަށް އެމްއެމްސީން މަޢޫލޫމާތު ދެއެވެ.
އެމްއެމްސީން ޕޮޒިޓިވްވި މުވައްޒަފާއި ކަރަންޓީންގައި ތިބި މުވައްޒަފުންގެ ހާލުވެސް ރަނގަޅުކަމަށް އެކައުންސިލުން ބުނެއެވެ. އަދި އެޗްޕީއޭގެ އިރުޝާދުތަކާއި އެއްގޮތަށް ކައުންސިލްއިން އަމަލުކުރަމުންދާކަމަށްވެސް ކައުންސިލުން ބުނެއެވެ.
ކޮމެންޓު ފޮނުވާ