އއ. ހިމަންދޫގައި ޑްރަގް އޮޕަރޭޝަނެއްގައި އުޅުނު ފުލުހަކު މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އއ. ހިމަންދޫގައި ޑްރަގް އޮޕަރޭޝަނެއްގައި އުޅުނު ފުލުހަކު މޫދުގައި މަރުވެފައި އޮއްވާ ފެނިއްޖެ

Author
އަހުމަދު
11 ޖޫން 2026 08:52
0

އއ. ހިމަންދޫގައި ކުރިއަށްދިޔަ މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއްގައި ހަރަކާތްތެރިވި ފުލުހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

މަރުވެފައި އޮއްވާ ފެނިފައިވަނީ ހއ. އުލިގަމަށް އުފަން އުމުރުން 33 އަހަރުގެ އަޙްމަދު އާސިފް އެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނީ ރޭ ދަންވަރުގެ ވަގުތެއްގައި ހިމަންދޫ މޫދު ތެރެއިންނެވެ. އާސިފަކީ މާލޭގެ ޑްރަގް އެންފޯސްމަންޓް ޔުނިޓުގައި މަސައްކަތްކުރާ ފުލުހެކެވެ. އަދި އޭނާ ހިމަންދޫއަށް ގޮސް ހުރީ އެ ރަށުގައި ހިންގި މަސްތުވާތަކެތީގެ ޚާއްޞަ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވާ ޓީމުގެ މެމްބަރެއްގެ ގޮތުގައެވެ.

އާސިފް މަރުވި ސީދާ ސަބަބު އަދި ކަށަވަރުވެފައި ނުވި ނަމަވެސް، މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ހޯދަން ފެށީ ފާހާނާއަށް ދިޔަ ގޮތަށް ޚަބަރެއް ނުވެގެންނެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނީ އެގޮތަށް ޚަބަރެއް ނުވެގެން ހޯދަމުން ދަނިކޮށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.