އައްޑޫ ސިޓީގެ ގުޅިފައިވާ ހުރިހާ ރަށަކުން މިއަދު ކަރަންޓުގެ ޚިދުމަތް އެއްކޮށް މެދުކެނޑިއްޖެއެވެ.
ފެނަކަ ކޯޕަރޭޝަނުން މައުލޫމާތު ދީފައިވާ ގޮތުގައި މުޅި އައްޑޫން ކަރަންޓު ކެނޑެން މެދުވެރިވީ އެތަނުގެ އިންޖީނު ނަންބަރު 15 އަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެންނެވެ. އަދި މި މައްސަލަ ހައްލުކޮށް، އާންމު ހާލަތަކަށް ގެނައުމުގެ މަސައްކަތް އެ ކުންފުނީގެ ޓެކްނިކަލް ޓީމުން މިހާރު އަންނަނީ ކުރަމުންނެވެ.
ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީ އޮންނަ އައްޑޫ ސިޓީގައި ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބި ދިގުލައިގެން ގޮސްފައިވާތީ، އެ ސިޓީގެ ރައްޔިތުން އަންނަނީ ކެނޑިނޭޅި މިކަމުގެ ޝަކުވާތައް ކުރަމުންނެވެ. މިއީ މިގޮތަށް އައްޑޫން ކަރަންޓު ކެނޑުނު ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިންވެސް އެތައް ފަހަރަކު މި މައްސަލަ ދިމާވެފައިވެއެވެ.
ކޮމެންޓު ފޮނުވާ