މަޖިލީހުގެ ނައިބު ރައީސްކަމާ ސަލީމް ހަވާލުވެވަޑައިގަތީ ކާރާއި ސެކިއުރިޓީގެ ބޭނުމަކު ނޫން

މަޖިލީހުގެ ނައިބު ރައީސްކަމާ ސަލީމް ހަވާލުވެވަޑައިގަތީ ކާރާއި ސެކިއުރިޓީގެ ބޭނުމަކު ނޫން

Author
އަހުމަދު
10 ޖޫން 2026 11:41
0

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމާ ހަވާލުވެވަޑައިގަތީ ކާރާއި ސެކިއުރިޓީގެ ބޭނުމުގައި ނޫން ކަމަށާއި، އެކަން ކުރެއްވީ ޕީއެންސީގެ އެތެރޭގެ މަސްލަހަތު ހިފެހެއްޓުމަށް ކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) ވިދާޅުވެއްޖެއެވެ.

ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، ޕީއެންސީގެ ފަރާތުން އެ މަގާމަށް ސަލީމް އިންތިހާބުކޮށްފައިވާއިރު، ޕާޓީން ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ އަމިއްލަ ވިޔަފާރީގެ ކަންކަމުގައި ވަރަށް ބިޒީކޮށް އުޅުއްވި ނަމަވެސް، އަމިއްލަ ކަންކަމަށްވުރެ ގައުމާއި ޕާޓީގެ އެތެރޭގެ ގުޅުން ބަދަހިކުރުން މުހިންމު ކަމަށެވެ.

މަގާމާ ހަވާލުވެވަޑައިގަތުމުން މަޖިލީހުގެ އިދާރާއިން ރަސްމީ ކާރަކާއި ސެކިއުރިޓީ ހަމަޖައްސައިދޭން އުޅުމުން އެކަމަށް އިންކާރުކުރެއްވިކަން ފާހަގަކުރައްވައި ސަލީމް ވިދާޅުވީ، ކުރިންވެސް އުޅުއްވި ގޮތަށް މީހެއްގެ ސައިކަލު ފަހަތުގައި ދަތުރުކުރައްވާނެ ކަމަށެވެ. އަދި ސެކިއުރިޓީ ކޮންމެހެން ބޭނުންވާނެކަމަށް މަޖިލީހުން އެންގުމުން، އޭނާގެ ސެކިއުރިޓީ ހެއްދެވި ފަރާތާ ހަވާލުކުރައްވާފައިވާ ކަމަށާއި އިތުރު ސެކިއުރިޓީއެއް ބޭނުންނުވާ ކަމަށް އަންގަވާފައިވާނެ ކަމަށްވެސް ސަލީމް ވިދާޅުވިއެވެ.

ސަލީމް މަޖިލީހުގެ ނައިބު ރައީސްގެ މަގާމާ ހަވާލުވެވަޑައިގެންފައި މިވަނީ، ވެރިކަންކުރާ ޕީއެންސީގެ އެތެރޭގައި ބޮޑެތި މައްސަލަތަކެއް އުޅޭކަމުގެ އަޑުތަކެއް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.