ހުޅުމާލޭގައި ކަފިހިހުރަހުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ސައިކަލަކުން ޖެހި ސީރިއަސް އަނިޔާތަކެއް ވެއްޖެ

ހުޅުމާލޭގައި ކަފިހިހުރަހުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ސައިކަލަކުން ޖެހި ސީރިއަސް އަނިޔާތަކެއް ވެއްޖެ

Author
އަހުމަދު
08 ޖޫން 2026 04:58
0

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކަފިހިހުރަސްމަތިން މަގު ހުރަސްކުރި މީހެއްގެ ގައިގައި ސައިކަލަކުން ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، ރޭގެ ވަގުތެއްގައި ހިނގި މި ހާދިސާ މެދުވެރިވީ ހިތިގަސް މަގުން އުތުރުން ދެކުނަށް ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ކަހާލައިގެން ގޮސްގެންނެވެ. މި އެކްސިޑެންޓުގައި ސީރިއަސް އަނިޔާތަކެއް ލިބިފައިވަނީ އުމުރުން 36 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އެމީހާގެ ސިކުނޑީގެ ނާށިގަނޑަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، މިހާރު އަންނަނީ އައިޖީއެމްއެޗްގައި އެޑްމިޓްކޮށް ފަރުވާދެމުންނެވެ. އެނގިފައިވާ ގޮތުގައި އަނިޔާވި މީހާއަކީ ރާއްޖެއިން ބޭރުގައި ކިޔަވަން އުޅޭ މީހެކެވެ. އަދި އޭނާއަށް މި ހިތާމަވެރި ހާދިސާ ކުރިމަތިވީ ޗުއްޓީއަކަށް މާލެ އައިސް އުޅެނިކޮށެވެ. ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.