ރައްޔިތުންނަށް ހާމަކޮށްދޭންޖެހޭ ހުރިހާ މައުލޫމާތެއް ފުރިހަމައަށް ވަނީ އާންމުކޮށްފަ: ރައީސް

ރައްޔިތުންނަށް ހާމަކޮށްދޭންޖެހޭ ހުރިހާ މައުލޫމާތެއް ފުރިހަމައަށް ވަނީ އާންމުކޮށްފަ: ރައީސް

Author
އަލީ ރައޫފް
08 ޖޫން 2026 02:32
0

ހުރިހާ މިނިސްޓްރީތަކަކާއ ރައީސް އޮފީހުން، ރައްޔިތުންނަށް ހާމަކޮށްދޭންޖެހޭ ހުރިހާ މައލޫމާތެއް ފުރިހަމައަށް އާންމުކޮށްފި ކަމަށް ރައީސް ޑރ. މހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް ވިދާޅުވީ، ތާރީހުުގައި ފުރަތަމަ ފަހަރަށް، ހުރިހާ އިދާރާތަކަކުން ޕްރޯއެކްޓިވް ޑިސްކްލޯޝާ 100 ޕަސެންޓް ހާސިލްކޮށްފައިވާ ކަމަށެވެ. ކުރިން މި ނިސްބަތް ހުރީ 34 ޕަސެންޓްގަ ކަމަށްވާތީ، ހާސިލްވި ކުރިއެރުން ފާހަގަކޮށް ރައީސް ވަނީ “އެކްސް”ގައި ޕޯސްޓެއް ވސް ކުރައްވާފަ އެވެ.

ދެފުށް ފެންނަ ގޮތަށް ދައުލަތް ހިންގުމަކީ ސަރުކާރުގެ ސިޔާސަތެއް އެކަންޏެއް ނޫން ކަމަށާއި، ރައްޔިތުންގެ ލޮލަށް ދައްކަން ހިންގޭ ކަމެއް ވެސް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ. އެ މަނިކުފާނ ވިދާޅުވީ، މައުލމާތު ހޯދުމުގެ ހއްގަކީ ރައްޔިތންގެ އިތުބާރު ހޯދުމށް ސަރުކާރުން ގަބޫލުކުރާ އަސާސީ ހައގެއް ކަމަށެވެ.

އިންފޮމޭޝަން ކޮމިޝަނާ އޮފީހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، ރައސް އޮފީހާއި ސރުކާރުގެ 16 މިނިސްޓްރީ ހިމެނޭ ގޮތަށް، ޕްރޯއެކްޓިވް ޑިސްކްލޯޝާ 100 ޕަސެންޓް ހިސާބަށް ވަނީ ގެންދެވިފަ އވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.