ށ. މިލަންދޫ ފައިބަރު މަސައްކަތްކުރާ ތަނެއްގައި ރޯވެ، ތިން ޑިންގީއެއް އަނދައި ހުލިވެއްޖެ

ށ. މިލަންދޫ ފައިބަރު މަސައްކަތްކުރާ ތަނެއްގައި ރޯވެ، ތިން ޑިންގީއެއް އަނދައި ހުލިވެއްޖެ

Author
އަހުމަދު
02 ޖޫން 2026 02:35
0

ށ. މިލަންދޫގައި ފައިބަރުގެ މަސައްކަތްކުރާ ތަނެއްގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި ތިން ޑިންގީއެއް އަނދައި ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

ފުލުހުން މަޢުލޫމާތު ދެއްވާ ގޮތުގައި، މިލަންދޫ އެއާޕޯޓު ސަރަހައްދާ ކައިރީގައި ހުންނަ "އާދަމްކޮއިބޭ" ފައިބަރު މަސައްކަތްކުރާ ތަނުގައި ރޯވިކަމުގެ ރިޕޯޓު އެ އިދާރާއަށް ލިބިފައިވަނީ ރޭ 23:09 ހާއިރުއެވެ. މި ހާދިސާގައި ރޯވި ނުރައްކާތެރި އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވަނީ އާންމު ރައްޔިތުންނާއި ފުލުހުން ގުޅިގެން ކުރި ބުރަ މަސައްކަތުން ރޭ ދަންވަރު 01:00 ހާއިރުއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައި ނުވި ނަމަވެސް، މުދަލަށާއި އެ ތަނަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެގޮތުން، ތިން ޑިންގީއެއްގެ އިތުރުން ޑިންގީ ބަނުމަށް ބޭނުންކުރާ ތައްގަނޑުތަކަކާއި، ފައިބަރުގެ މަސައްކަތަށް ބޭނުންކުރާ ގިނަ އަދަދެއްގެ ސާމާނު ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މިހާރު އަންނަނީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.