ދުނިޔޭގައި 15 މިލިއަނަށްވުރެ ގިނަ ކުޑަކުދިން ވޭޕްކުރޭ!

ދުނިޔޭގައި 15 މިލިއަނަށްވުރެ ގިނަ ކުޑަކުދިން ވޭޕްކުރޭ!

Author
އަހުމަދު
31 މެއި 2026 04:57
0

ދުނިޔޭގެ ނިސްބަތުން އުމުރުން 13 އަހަރާއި 15 އަހަރާ ދެމެދުގެ 15 މިލިއަނަށްވުރެ ގިނަ ކުޑަކުދިން އީ-ސިނގިރޭޓު ނުވަތަ ވޭޕް ބޭނުންކުރާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި އުމުރުފުރާގެ ގާތްގަނޑަކަށް 40 މިލިއަން ކުދިން ދުންފަތުގެ އެކި ބާވަތްތައް ބޭނުންކުރެއެވެ. އޭގެ ތެރެއިން 20 މިލިއަން ކުދިން އާންމުކޮށް ސިނގިރޭޓު ބޯއިރު، ބޮޑެތި މީހުންނަށްވުރެ ކުޑަކުދިން ވޭޕްކުރުމަށް ހުށަހެޅޭ މިންވަރު 9 އިންސައްތަ އިތުރުކަމަށް ވަނީ ފާހަގަކުރެވިފައެވެ. ރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ގާނޫނީގޮތުން މަނާކޮށްފައި އޮތް ނަމަވެސް، ސިއްރުން މިފަދަ ތަކެތި އެތެރެކުރާކަން ފާހަގަކުރެވިފައިވާތީ، އެތަކެތި ހޯދައި ނައްތާލުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން އަންނަނީ ކުރަމުންނެވެ.

ވޭތުވެދިޔަ އަހަރުތަކުގައި ދުންފަތުގެ އިސްތިއުމާލުކުރުން މަދުކުރުމަށް ބޮޑެތި ކުރިއެރުންތަކެއް ހޯދިފައިވީ ނަމަވެސް، ދުންފަތުގެ ސިނާއަތުން އަންނަނީ އީ-ސިނގިރޭޓާއި ނިކޮޓިން ޕައުޗް ފަދަ "އީޖާދީ" އުފެއްދުންތަކުގެ ނަމުގައި އާ ބާވަތްތައް ބާޒާރަށް ނެރެ، ކުޑަކުދިންނާއި ޒުވާނުން އެއަށް ދެވިހިފުވުމަށް މެދުކެނޑުމެއްނެތި މަސައްކަތްކުރަމުންނެވެ. މީގެ ސަބަބުން އާންމު ސިއްހަތު ރައްކާތެރިކުރުމަށް މިހާތަނަށް ހޯދިފައިވާ ކުރިއެރުންތައް ގެއްލިގެން ހިނގައިދާނެކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.

ކޮންމެ އަހަރެއްގެ މެއި 31 ވަނަ ދުވަހަކީ ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހަށް ވާއިރު، މިއަހަރުގެ ޝިއާރަކަށް ކަނޑައަޅާފައިވަނީ "އޮޅުވާލުންތައް ހާމަކޮށްދީ ދުންފަތާއި ނިކޮޓިން އިން ރައްކާތެރި ކުރުން" މިއެވެ. މި ދުވަހުގެ މައިގަނޑު މަގުސަދަކީ ދުންފަތުގެ ސިނާއަތްތަކުން އައު ޖީލުތައް މަޅީގައި ޖެއްސުމަށް ކުރާ މަސައްކަތްތައް ދުނިޔެއަށް ހާމަކޮށް، ސަރުކާރާއި މަދަނީ ޖަމިއްޔާތައް އަދި މުޅި މުޖުތަމައު ގުޅިގެން އަންނަން އޮތް ޖީލުތައް މި ނުރައްކާތެރި ވަބާއިން ސަލާމަތްކުރުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.