އިމާރާތަކުން ކުޑަކުއްޖަކު ވެއްޓުނު މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި

އިމާރާތަކުން ކުޑަކުއްޖަކު ވެއްޓުނު މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި

Author
އަހުމަދު
30 މެއި 2026 01:44
0

މެދުރާއްޖެތެރޭގެ ރަށެއްގައި ހުރި އިމާރާތަކުން ކުޑަކުއްޖަކު ވެއްޓުނު މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި 29 މެއި 2026 ވަނަ ދުވަހު ރިޕޯޓުކޮށްފައިވާ މި ހާދިސާގައި، އެ ކުއްޖާ ވެއްޓިފައިވަނީ އެ ރަށުގެ އިމާރާތެއްގެ ދެވަނަ ފަންގިފިލާއިންނެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބާއި، ކުއްޖާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލު އަދި ކުއްޖާގެ މިހާރުގެ ސިއްހީ ހާލަތާ ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ. މިހާރު ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.