16 އަހަރު ވެފައިވާ، ޝުހާދުގެ މަރުގެ މައްސަލައިގެ ސުޕްރީމް ކޯޓު އަޑުއެހުން ޖޫން މަހަށް ތާވަލުކޮށްފި

16 އަހަރު ވެފައިވާ، ޝުހާދުގެ މަރުގެ މައްސަލައިގެ ސުޕްރީމް ކޯޓު އަޑުއެހުން ޖޫން މަހަށް ތާވަލުކޮށްފި

Author
އައިޝަތު އަޙްމަދު
28 މެއި 2026 05:11
0

ޏ. ފުވައްމުލަކުގައި 2010 ވަނަ އަހަރު ހިންގި މާރާމާރީއެއްގައި އަބްދުﷲ ޝުހާދު މަރާލި މައްސަލައިގައި، މަރުގެ ހުކުމް އިއްވާފައިވާ ހަސަން ފަރީދުގެ އިސްތިއުނާފު އަޑުއެހުމެއް އަންނަ މަހު ބޭއްވުމަށް ސުޕްރީމް ކޯޓުން ތާވަލުކޮށްފިއެވެ.

ފުވައްމުލަކުގެ ދެ އަވަށެއްގެ ބައެއްގެ ދެމެދުގައި ހިނގި މި ހަމަނުޖެހުމުގައި ޝުހާދު މަރާލިކަން ސާބިތުވެ، އެރަށު ކަރަންކާއާގޭ ހަސަން ފަރީދު މެރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 2015 ވަނަ އަހަރުއެވެ. އަދި ފަހުން އެ ހުކުމަށް ހައިކޯޓުން ވަނީ ތާއީދުކޮށްފައެވެ. އެހެންކަމުން ފަރީދުގެ ފަރާތުން މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރީއެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލައިގެ އަޑުއެހުންތައް 2021 ވަނަ އަހަރުގެ ނޮވެމްބަރު 15 ގައި ނިންމާލި ނަމަވެސް، މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗަށް އައި ބަދަލަކާ ގުޅިގެން މީގެ ހައެއްކަ މަސް ކުރިން ވެސް އިތުރު އަޑުއެހުމެއް ބޭއްވިއެވެ. މި މައްސަލައިގެ އަޑުއެހުމެއް ދެން އެންމެ އަވަހަށް އޮންނާނީ އަންނަ ޖޫން މަހުގެ 11 ވަނަ ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.