ސްޓެލްކޯ އާއި އެމްޑަބްލިއުއެސްސީން ވައްކަންކުރި މައްސަލައެއްގައި 3 މީހަކު ހައްޔަރުކޮށްފި

ސްޓެލްކޯ އާއި އެމްޑަބްލިއުއެސްސީން ވައްކަންކުރި މައްސަލައެއްގައި 3 މީހަކު ހައްޔަރުކޮށްފި

Author
އަހުމަދު
22 މެއި 2026 10:54
0

ސަރުކާރުގެ ބޮޑު ދެ ކުންފުނި ކަމަށްވާ ސްޓެލްކޯ އަދި އެމްޑަބްލިއުއެސްސީގެ އިމާރާތްތަކަކަށް ވަދެ ވައްކަންކުރި ކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ކްރިމިނަލް ކޯޓުން ނެރުނު ބަންދު އަމުރުތަކުން އެނގޭ ގޮތުގައި، ސްޓެލްކޯގެ ސަބްސްޓޭޝަނަކަށް ހުއްދަނެތި ވަދެ، މުދަލަށް ގެއްލުންދީ ވައްކަންކުރި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ އަޝްރަފްމަންޒިލް، އަޙްމަދު ނިޒާރު (37އ) އާއި ހއ. ތަކަންދޫ ކޮތަރިވިލާ، އަޙްމަދު ރަޝީދު (37އ) އެވެ. މި ދެމީހުންވެސް ވަނީ އެ ސަބްސްޓޭޝަނަށް ވަންކަމަށް ކޯޓުގައި އެއްބަސްވެފައެވެ.

މީގެ އިތުރުން، އެމްޑަބްލިއުއެސްސީގެ ގަރާޖަކަށް ވަދެ ވައްކަންކުރި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މާލެ، ގ. ޕާކަރުހައުސް، ޢަބްދުﷲ ޖިނާޙް (29އ) އެވެ.

މި ދެ މައްސަލައިގައި ހިމެނޭ ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ތަޙުޤީޤު ކުރިއަށްގެންދިއުމަށްޓަކައި ތިން މީހުންވެސް 15 ދުވަހުގެ މުއްދަތަކަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.