ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސް ކަމުން އިސްހާގު އިސްތިއުފާ ދެއްވައިފި

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސް ކަމުން އިސްހާގު އިސްތިއުފާ ދެއްވައިފި

Author
އަހުމަދު
21 މެއި 2026 02:06
0

ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްގެ މަގާމުގައި ހުންނެވި އިސްހާގު ހުސައިން މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ މަގާމުން ދުރުވެވަޑައިގަތީ އަމިއްލަ ސަބަބުތަކަކާ ގުޅިގެންނެވެ. އެހެންނަމަވެސް އިސްތިއުފާ ދެއްވި ވަކި ޚާއްސަ ސަބަބެއްގެ ތަފްސީލެއް އަދި ހާމަކުރައްވާފައެއް ނުވެއެވެ. ޓްރައިބިއުނަލްގެ ރައީސްކަމާ އިސްހާގު ހަވާލުވެވަޑައިގަތީ 15 އޭޕްރީލް 2024 ގައެވެ. އެހެންކަމުން އޭނާ އިސްތިއުފާ މި ދެއްވީ އެ މަގާމާ ހަވާލުވެވަޑައިގަތްތާ މާ ގިނަ ދުވަސްތަކެއް ނުވަނީހެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.