ޕީޕަލްސް ނެޝެނަލް ކޮންގްރެސް ޕީއެންސީގެ ނައިބުރައީސް މުޙައްމަދު ހުސައިން ޝަރީފް މިއަދު ހުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފިއެވެ.
ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ސްޕޯކްޕާސަން ހީނާ ވަލީދު ވިދާޅުވީ މުޙައްމަދު ހުސައިން ޝަރީފް މުންދު ފުލުހުންގެ އިދާރާއަށް ހާޒިރުކުރަނީ މިއަދު 1500އަށް ކަމަށެވެ. މުންދު ހާޒިރުކުރަނީ ސީދާކޮން މައްސަލައަކާގުޅޭގޮތުން ކަމެއް އަދި ސާފެއް ނުވެއެވެ.
ފަހަކަށް އައިސް އިދިކޮޅު ކޯލިޝަންގެ އިސްވެރިން އެކިފަހަރު މަތިން ޕޮލިހަށް ހާޒިރުކުރާކަން ފާހަގަކުރެވެއެވެ. އެގޮތުން ޕީއެންސީގެ ނައިބުރައީސް އިބްރާހިމް ޝުޖާ ވެސް މީގެކުރިން އެތައް ފަހަރެއްގެ މަތިން ވަނީ ފުލުހަށް ހާޒިރުކޮށްފައެވެ.
ކޮމެންޓު ފޮނުވާ