އައްޑޫ ފޭދޫ ސްކޫލުގެ ލައިބްރަރީގައި އަލިފާން ރޯވެއްޖެ

އައްޑޫ ފޭދޫ ސްކޫލުގެ ލައިބްރަރީގައި އަލިފާން ރޯވެއްޖެ

Author
އަހުމަދު
29 އޭޕްރިލް 2026 09:26
0

އައްޑޫ ސިޓީ ފޭދޫ ސްކޫލުގައި މިއަދު ހެނދުނު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި އަލިފާންގަނޑު ރޯވެފައިވަނީ އެ ސްކޫލުގެ ލައިބްރަރީގައެވެ. މި ހާދިސާ ހިނގާފައިވަނީ ސްކޫލުގައި ކިޔަވައިދެމުން ދިޔަ ވަގުތެއްގައި ކަމަށްވުމާއެކު، ސްކޫލުގެ މެނޭޖްމަންޓުން ވަނީ ވަރަށް އަވަހަށް ހުރިހާ ދަރިވަރުން ރައްކާތެރިކަމާއެކު ސްކޫލުން ބޭރުކޮށްފައެވެ.

މިހާރު އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރަމުން އަންނައިރު، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަން އަދި ކަށަވަރުވެފައެއް ނުވެއެވެ. އަދި މިހާތަނަށް އަލިފާން ރޯވާން މެދުވެރިވި ސީދާ ސަބަބުވެސް ދެނެގަނެވިފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.