ރ. ދުވާފަރުގައި ތޫނު އެއްޗަކުން ހަމަލާދީ ބިދޭސީއަކު ޒަހަމްކޮށްލައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ އޭޕްރީލް 28 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހަމަލާގައި އަނިޔާވި ބިދޭސީ މީހާއަށް މިހާރު ދަނީ ދުވާފަރު ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާ ދެމުންނެވެ. ނަމަވެސް އެ މީހާއަށް ލިބިފައިވާ އަނިޔާތަކުގެ އިތުރު ތަފްސީލެއް އަދި މިހާތަނަށް ސާފުވެފައެއް ނުވެއެވެ.
މި ނުރައްކާތެރި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ދިވެހި ފުލުހުންގެ ޚިދުމަތުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ