ކުޅުދުއްފުށި ސިޓީން މިއަދު ގެއްލިގެން ހޯދަމުންދިޔަ އުމުރުން 59 އަހަރުގެ ދިވެހި ފިރިހެނަކު މަރުވެފައި އޮއްވާ މޫދު އަޑިން ފެނިއްޖެއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި، ކުޅުދުއްފުށިން މީހަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިއަދު މެންދުރުފަހު 13:48 ހާއިރުއެވެ. މި ރިޕޯޓާ ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ދަނިކޮށް، އޭނާ ފެނިފައިވަނީ މިއަދު 15:00 ހާއިރު އެރަށު ބޮޑަވަކިވާ ބީޗް ސަރަހައްދުގެ މޫދު އަޑިންނެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ ކުޅުދުއްފުށީ ބަޑިފަސްގަޑުގެ، ސުލައިމާން ޙުސައިނެވެ. މޫދުން ނަގައިގެން އޭނާ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔައިރުވެސް ވަނީ މަރުވެފައިކަމަށް ހޮސްޕިޓަލުން ފުލުހުންނަށް އަންގާފައިވެއެވެ.
މިހާރު ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ