ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ހުންނެވި އަލީ އާރިފް މިއަދު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
އޭނާ މަގާމުން އިސްތިއުފާ ދެއްވިކަން ރައީސް އޮފީހުން ކަށަވަރުކޮށްދެއްވާފައިވީ ނަމަވެސް، އަމިއްލަފުޅަށް މަގާމުން ދުރަށްޖެހިވަޑައިގަތް ވަކި ސަބަބެއް ސަރުކާރުން ހާމަކުރައްވާފައެއް ނުވެއެވެ. ރައީސް އޮފީހުގެ ޕްރެޒިޑެންޝަލް އެފެއާޒް މިނިސްޓަރުގެ މަގާމު ފުރުއްވަމުން ގެންދެވި އަލީ އާރިފަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އާއިލީ ބޭފުޅެކެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިއީ މި ސަރުކާރުގައި މިނިސްޓަރު ފެންވަރުގެ މަގާމަކުން ބޭފުޅަކު އިސްތިއުފާ ދެއްވި ފުރަތަމަ ފަހަރެވެ. އަލީ އާރިފް އިސްތިއުފާ ދެއްވާފައި މިވަނީ، ދާދި ފަހުން ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބުގައި ވެރިކަންކުރާ ޕާޓީ، ޕީއެންސީއަށް ކުރިމަތިވި ނާކާމިޔާބީއާ ގުޅިގެން ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކުގެ އިސްވެރިންވެސް މަގާމުން ވަކިކޮށްފައިވާ ދަނޑިވަޅެއްގައެވެ.
ކޮމެންޓު ފޮނުވާ