މަގާމުން ވަކިކުރި އެމްޑީޕީގެ އިސް ދެ ބޭފުޅުންގެ މަގާމު އިއާދަކޮށްފި

މަގާމުން ވަކިކުރި އެމްޑީޕީގެ އިސް ދެ ބޭފުޅުންގެ މަގާމު އިއާދަކޮށްފި

Author
އަލީ ރައޫފް
11 އޭޕްރިލް 2026 11:28
0

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އިސް މަގާމުތަކަކުން ދާދި ފަހުން ވަކިކުރި ދެ ބޭފުޅެއްގެ މަގާމު އަލުން އިއާދަކޮށްދީފިއެވެ.

އެގޮތުން ހޮނިހިރު ދުވަހު އަލުން މަގާމުތައް ދީފައިވަނީ އެ ޕާޓީގެ ޑެޕިއުޓީ ޗެއަރޕާސަން (އިދާރީ) ގެ މަގާމުގައި ހުންނެވި އިބްރާހިމް ވަހީދާއި، ލީގަލް ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު މައުރޫފަށެވެ.

މި ހިނގާ އެޕްރީލް މަހުގެ 7 ވަނަ ދުވަހު މި ދެ ބޭފުޅުން މަގާމުން ވަކިކުރައްވައި ޣަފޫރު ފޮނުއްވި ސިޓީތަކުގައި ވަކިކުރި ސީދާ ސަބަބެއް ބަޔާންކޮށްފައެއް ނުވެއެވެ. އޭރު އެ ބޭފުޅުން މަގާމުން ދުރުކޮށްފައިވަނީ ޕާޓީގެ އަސާސީ ގަވާއިދުގެ 70 ވަނަ މާއްދާއާ ހަވާލާދީއެވެ.

ސަބަބެއް ނެތި ކުއްލި ގޮތަކަށް އެ ދެ ބޭފުޅުން މަގާމުން ވަކިކުރުމަކީ ޕާޓީގެ އަސާސީ ގަވާއިދާ ޚިލާފު ނިންމުމެއް ކަމަށް ބުނެ، ޣަފޫރުގެ އިތުބާރު ނެތްކަމުގެ މައްސަލައެއްވެސް އޭރު ވަނީ ހުށަހަޅާފައެވެ. ނަމަވެސް، ޕާޓީގެ އެތެރޭގައި އުފެދުނު ޚިޔާލުތަފާތުވުންތަކަށް މަޝްވަރާކޮށްގެން ހައްލެއް ހޯދުމަށްފަހު، މިހާރު ވަނީ އެ ބޭފުޅުންގެ މަގާމުތައް އިއާދަކޮށް ޣަފޫރުގެ އިތުބާރު ނެތްކަމުގެ މައްސަލަވެސް އަނބުރާ ގެންގޮސްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.