10 ވަނަ ފަންގިފިލާއިން ވެއްޓުނު ބިދޭސީ މީހާގެ ހާލު ސީރިއަސްވެ، ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފި

10 ވަނަ ފަންގިފިލާއިން ވެއްޓުނު ބިދޭސީ މީހާގެ ހާލު ސީރިއަސްވެ، ވެންޓިލޭޓަރުގައި ފަރުވާދޭން ފަށައިފި

Author
ޙަސަން މުޙައްމަދު
10 އޭޕްރިލް 2026 03:43
0

މާލޭގެ އިމާރާތެއްގެ 10 ވަނަ ފަންގިފިލާއިން އިއްޔެ ވެއްޓުނު ބިދޭސީ މީހާގެ ހާލު ވަރަށް ބޮޑަށް ސީރިއަސްވެ، އައިޖީއެމްއެޗްގައި ވެންޓިލޭޓަރުގެ އެހީގައި ފަރުވާދޭން ފަށައިފިއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މާފަންނު ސަބުދެލިމަގުގައި ހުރި ގެއެއްގެ މަތިން މީހަކު ވެއްޓުނުކަމުގެ ރިޕޯޓު އެ އިދާރާއަށް ލިބިފައިވަނީ އިއްޔެ އިރުއޮއްސި 18:20 ހާއިރުއެވެ. މި ހާދިސާގައި އަނިޔާވެފައިވަނީ އުމުރުން 30 އަހަރުގެ ބަންގްލަދޭޝް ފިރިހެނަކަށެވެ.

އެ މީހާ 10 ވަނަ ފަންގިފިލާއިން ވެއްޓިފައިވަނީ، އެ އިމާރާތާ ޖެހިގެން ހުރި ގޭގެ ފުރާޅު މައްޗަށެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.