މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެ ޒުވާނަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ

މާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެ ޒުވާނަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެ

Author
ހުސައިން
07 އޭޕްރިލް 2026 06:28
0

މާލޭގައި ކާރަކާއި ސައިކަލެއް ޖެހި މިއަދު ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެ މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބިއްޖެއެވެ.

ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި، ބޮޑުތަކުރުފާނު މަގާއި ހިތިގަސްމަގު ގުޅޭ ކަންމަތީގައި މި ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރުފަހު 2:16 ހާއިރުއެވެ. މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ގޮސް ކާރެއްގެ ފަހަތުގައި ޖެހުމުގެ ސަބަބުންނެވެ.

މި ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބިފައިވަނީ ސައިކަލުގައި ދަތުރުކުރި އުމުރުން 22 އަހަރާއި 19 އަހަރުގެ ދިވެހި ދެ ފިރިހެނުންނަށެވެ. އެ ދެ ޒުވާނުންނަށް އައިޖީއެމްއެޗްގައި މިހާރު އަންނަނީ ފަރުވާދެމުންނެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.