އައު ސީޕީ އަޙްމަދު މުޙައްމަދު، ޗީފް އޮފް ޑިފެންސް ފޯސްއާ ބައްދަލުކުރައްވައިފި

އައު ސީޕީ އަޙްމަދު މުޙައްމަދު، ޗީފް އޮފް ޑިފެންސް ފޯސްއާ ބައްދަލުކުރައްވައިފި

Author
ހުސައިން
07 އޭޕްރިލް 2026 03:06
0

ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ) ގެ މަޤާމާ އަލަށް ހަވާލުވެވަޑައިގެންނެވި އަޙްމަދު މުޙައްމަދު، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާޙީމް ޙިލްމީއާ މިއަދު ބައްދަލުކުރައްވައިފިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ މައި މަރުކަޒުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމަކީ، ސީޕީގެ މަޤާމާ އަޙްމަދު މުޙައްމަދު ހަވާލުވެވަޑައިގަތުމާ ގުޅިގެން ތަޢާރަފުވެވަޑައިގަތުމުގެ ގޮތުން ބޭއްވެވި ޚާއްޞަ ބައްދަލުކުރެއްވުމެކެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައިވަނީ ދިވެހި ފުލުހުންނާއި ސިފައިންގެ މުއައްސަސާއާ ދެމެދު އޮންނަ ގުޅުން މިހާރަށްވުރެ އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންނެވެ. މީގެ އިތުރުން، ޤައުމުގެ ސަލާމަތާއި އަމަންއަމާންކަން ކަށަވަރުކުރުމަށްޓަކައި ދެ މުއައްސަސާ ގުޅިގެން ކުރިމަގުގައި މަސައްކަތްކުރެވިދާނެ މުހިންމު ދާއިރާތަކާ ގުޅޭގޮތުންވެސް ދެ ބޭފުޅުން ވަނީ ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.