ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 1.7 މިލިއަން ރުފިޔާގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގަނެފިއެވެ.
ކަސްޓަމްސްއިން ހާމަކޮށްފައިވާ ގޮތުގައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަތުލައިގަތް މި ތަކެތީގެ ބަރުދަނުގައި 2.1 ކިލޯ ހުރިއިރު، މިއީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހަޝިޝް އޮއިލްއެވެ. އަދި މި ތަކެތީގެ މަގުމަތީ އަގު 1.7 މިލިއަން ރުފިޔާއަށް އަރާކަމަށްވެސް އެ އިދާރާއިން ވަނީ ބުނެފައެވެ.
ގަވާއިދާ ޚިލާފަށް ރާއްޖެއަށް އެތެރެކުރާ މިފަދަ ނުރައްކާތެރި ތަކެތި ހުއްޓުވުމަށްޓަކައި ކަސްޓަމްސްއިން ދަނީ ކަމާބެހޭ އެހެނިހެން މުއައްސަސާތަކާ ގުޅިގެން ކެނޑިނޭޅި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ