އިންތިޚާބާ ގުޅިގެން ސަރުކާރު ބަންދުކުރުމުން، އައިޖީއެމްއެޗް، ދަރުމަވަންތަ އަދި ވިލިމާލެ ހޮސްޕިޓަލުގެ އޯޕީޑީ ޚިދުމަތްތައް ބަންދުކުރާގޮތަށް ހަމަޖައްސައިފިއެވެ.
އިއްޔެ ބޭއްވި ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ އިތުރުން ރައްޔިތުންގެ ޚިޔާލުހޯދުމުގެ އާންމު ވޯޓާ ގުޅިގެން، 2026 ވަނަ އަހަރުގެ އޭޕްރީލް 5 އަދި 6 ވަނަ ދުވަސް ވަނީ ސަރުކާރު ބަންދު ދެ ދުވަހުގެ ގޮތުގައި ކަނޑައަޅާފައެވެ.
މިކަމާ ގުޅިގެން އައިޖީއެމްއެޗުން އާންމުކޮށްފައިވާ މަޢުލޫމާތުގައިވާ ގޮތުން، އޭޕްރީލް 6 ވާ ހޯމަ ދުވަހު އެ ހޮސްޕިޓަލުގެ އިތުރުން ދަރުމަވަންތަ ހޮސްޕިޓަލާއި ވިލިމާލެ ހޮސްޕިޓަލުގެ ސްޕެޝަލިސްޓް އޯޕީޑީ އަދި އެހެނިހެން ކްލިނިކަލް ޚިދުމަތްތައް ނުލިބޭނެއެވެ. އެހެންނަމަވެސް، އޯޕީޑީ ބަންދުކުރި ނަމަވެސް މި ދެ ދުވަހުވެސް ބަލިމީހުންނަށް ދެވޭ އައިޕީޑީ އަދި އިމަޖެންސީގެ ޚިދުމަތްތައް އެއްވެސް މެދުކެނޑުމެއްނެތި އާންމު އުސޫލުން ދެމުންގެންދާނެކަމުގެ ޔަޤީންކަން އެ ހޮސްޕިޓަލުން ވަނީ ދީފައެވެ.
ކޮމެންޓު ފޮނުވާ