ދިރާގު އެޕްގެ އޯޓީޕީތަކެއް އޮޅިގެން ފޮނުވޭ މައްސަލައެއް ދިމާވެއްޖެ

ދިރާގު އެޕްގެ އޯޓީޕީތަކެއް އޮޅިގެން ފޮނުވޭ މައްސަލައެއް ދިމާވެއްޖެ

Author
އަހުމަދު
23 މާރޗް 2026 01:02
0

ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ދިރާގު އެޕްގެ އޯޓީޕީ ކޯޑުތަކެއް އޮޅިގެން ކަސްޓަމަރުންނަށް ފޮނުވެމުންދާކަން އެ ކުންފުނިން ހާމަކޮށްފިއެވެ.

ގިނަ އަދަދެއްގެ ކަސްޓަމަރުންނަށް ކުއްލިއަކަށް މި މެސެޖުތައް ލިބެން ފެށުމާއެކު، އެ ފަރާތްތަކުން ވަނީ ސޯޝަލް މީޑިއާގައި އެކަން ހިއްސާކޮށް ދިރާގުގެ ސަމާލުކަމަށް މިކަން ގެނެސްފައެވެ.

މިކަމާ ގުޅިގެން ދިރާގުން 'އެކްސް' ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މިއީ ސިސްޓަމަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ހިނގަމުންދާ ކަމެއް ކަމަށާއި، މި މައްސަލަ ހައްލުކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނަ ކަމަށެވެ. އަދި އޮޅިގެން މެސެޖުތައް ފޮނުވޭތީ، އެކަމުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް އެ ކުންފުނިން ވަނީ މައާފަށް އެދިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.