ސައުދީގައި ތާށިވި އުމްރާވެރިންގެ ތެރެއިން 100 މީހަކަށް ހައްޖު ކޯޕަރޭޝަނުން އެހީތެރިވެދީފި

ސައުދީގައި ތާށިވި އުމްރާވެރިންގެ ތެރެއިން 100 މީހަކަށް ހައްޖު ކޯޕަރޭޝަނުން އެހީތެރިވެދީފި

Author
އަހުމަދު
23 މާރޗް 2026 01:05
0

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ފްލައިޓުތައް ކެންސަލްވެ ސައުދީ އަރަބިއްޔާގައި ތާށިވި ދިވެހި އުމްރާވެރިންގެ ތެރެއިން ބަޔަކަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އެނބުރި ރާއްޖެ އައުމަށް ޖާގަ ހަމަޖައްސައިދީފިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ވިދާޅުވީ، އަމިއްލަ ގްރޫޕުތަކުގެ ހަވާލުގައި ދިޔަ މީހުންނަށް ދިމާވި މި ދަތިކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން، ހައްޖު ކޯޕަރޭޝަންގެ އުމްރާވެރިން ރާއްޖެ އަންނަ ފްލައިޓުން 100 އެއްހާ މީހުންނަށް މިހާރު ޖާގަ ހަމަޖައްސައިދީފައިވާ ކަމަށެވެ. އަދި އުމްރާވެރިންގެ މެދުގައި އިތުރު ހާސްކަމެއް ނެތްކަމަށާއި، އެހެން މަގުތަކުން މާލެ އާދެވޭތޯ ކުންފުނިތަކުން ގުޅިގެން މަސައްކަތްކުރަމުން އަންނަ ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މި ހިނގާ ރޯދަ މަހު ރާއްޖެއިން 2،000 އަށްވުރެ ގިނަ މީހުން އުމްރާއަށް ގޮސްފައިވާއިރު، އޭގެ ތެރެއިން އަމިއްލަ ގްރޫޕުތަކުގައި ދިޔަ މީހުންގެ ސީދާ އަދަދެއް އަދި ސާފެއް ނުވެއެވެ. މީގެ ކުރިންވެސް މެދުއިރުމަތީގެ މަސްރަހާ ގުޅިގެން ޓްރާންސިޓް ފްލައިޓުތައް ކެންސަލްވުމުގެ ސަބަބުން ބައެއް އުމްރާވެރިންނަށް ދަތުރުނުކުރެވިގެން ސަރުކާރުން ވަނީ ހާއްސަ ފްލައިޓެއް ޗާޓަރުކޮށްގެން އެމީހުން ސައުދީއަށް ފޮނުވައިދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.