ފިތުރު އީދުގެ އުފާވެރި މުނާސަބަތާ ގުޅިގެން، ދިރާގުގެ ކަސްޓަމަރުންނަށް ސައުދީ އަރަބިއްޔާއަށް ހިލޭ ގުޅޭނެ ހާއްސަ އޮފާއެއް އެ ކުންފުނިން ތައާރަފުކޮށްފިއެވެ.
މި ދުވަސްވަރަކީ ގިނަ އަދަދެއްގެ ދިވެހިން އުމްރާގެ މަތިވެރި އަޅުކަމަށް ސައުދީ އަރަބިއްޔާގައި ތިބޭނެ ދުވަސްވަރަކަށް ވުމާއެކު، މިއީ އާއިލާއާއި ރައްޓެހިންނާ ގުޅުން ބަދަހިކޮށް އީދުގެ ތަހުނިޔާ ކިޔުމަށް ދިރާގުން ފަހިކޮށްދިން ފުރުސަތެކެވެ. މި ހާއްސަ އޮފާގެ ދަށުން ކޮންމެ ކަސްޓަމަރަކަށްވެސް ސައުދީއަށް ހިލޭ ގުޅުމަށް ޖުމްލަ 30 މިނިޓު ލިބިގެންދާނެއެވެ.
މި ހިލޭ މިނިޓުތައް ހޯދުމަށް ކަސްޓަމަރުން ޑައިލް ކުރަންޖެހޭނީ #225* އަށެވެ. ދިރާގުން މައުލޫމާތު ދޭ ގޮތުގައި މި އޮފާ 20 މާރިޗު 2026 ގެ ނިޔަލަށް އެކްޓިވޭޓް ކުރެވޭނެއެވެ. އަދި އެކްޓިވޭޓް ކުރާ ދުވަހުން ފެށިގެން 7 ދުވަހުގެ މުއްދަތަކަށް މި މިނިޓުތައް ބޭނުންކުރެވޭނެ ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.
އީދު ފަދަ ހާއްސަ މުނާސަބަތުތަކާ ގުޅިގެން ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތްތައް މެދުވެރިކޮށް، ދުރުގައި ތިބޭ ލޯބިވާ ފަރާތްތަކާ ގުޅުވައިދިނުމަކީ ދިރާގުން އަބަދުވެސް ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރަމުން އަންނަ ކަމެކެވެ.
ކޮމެންޓު ފޮނުވާ