ޓައިގާގެ ދެވަނަ ލަވަ މާދަމާ!

ޓައިގާގެ ދެވަނަ ލަވަ މާދަމާ!

Author
ޢަލީ އާދަމް
12 ޖެނުއަރީ 2021 12:11
0

ޓައިގާ ޝްރޮފްގެ އަޑުން ރެކޯޑްކުރި ދެވަނަ ލަވަ "ކެސަނޯވާ" ގެ ޓީޒާ ދައްކާލައިފި އެވެ.

އެކްޓިންގގެ އިތުރުން ފްލެކްސިބަލް ހަށިގަނޑާއި ނެށުމުގެ ހުނަރުން، އާންމުންގެ ތެރޭގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޓައިގާގެ ލަވަކިއުމުގެ ހުނަރު ދައްކާލީ މިދިޔަ އަހަރު އާންމުންނަށް ދޫކޮށްލި އޭނާގެ ފުރަތަމަ ލަވަ "އަންބިލީވަބަލް" އިންނެވެ.

ޓައިގާގެ 2 ވަނަ ލަވައިގެ ޓީޒާ އިން ފެންނަގޮތުގައި މި ލަވައިގައިވެސް އޭނާގެ ކުޅަދާނަ ނެށުމާއި ޖިމްނާސްޓިކް ހަރަކާތްތައް ފެނިގެންދާނެއެވެ.

 

View this post on Instagram

 

A post shared by Tiger Shroff (@tigerjackieshroff)


މާދަމާ ރިލީސްކުރަން ހަމަޖެހިފައިވާ މި ލަވައިގެ މިއުޒިކް ވީޑިއޯ ޑައިރެކްޓްކުރީ ޓައިގާގެ ފިލްމު "ސްޓޫޑަންޓް އޮފް ދި އިޔާ 2″ ގެ ޑައިރެކްޓަރ ޕުނީތު މަލްހޮތުރާ އެވެ. ޓައިގާގެ ފުރަތަމަ ލަވަ "އަންބިލީވަބަލް" ގެ ވީޑިއޯ ވެސް ޑައިރެކްޓްކުރީ އޭނާ އެވެ.

ޓައިގާގެ ކުރިއަށް ހުރި ފިލްމުތަކުގެތެރޭގައި "ބާގީ 4″، "ހިރޯޕަންތީ 2″، އަދި "ގަންޕަތު" ފާހަގަކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.