ކުރިއަށް އޮތް ރަމަޟާން މަހާއި ސްކޫލް ބަންދާ ދިމާކޮށް ފެނަށް އޮންނަ ޑިމާންޑު ބޮޑުވާނެކަމަށް ލަފާކޮށް، އެކަމަށް ތައްޔާރުވުމުގެ ގޮތުން ހުޅުމާލޭގައި ދުވާލަކު 5،000 ޓަނުގެ ފެން އުފައްދާ އައު އާރުއޯ ޕްލާންޓެއް ބަހައްޓައި ބޭނުންކުރަން ފަށައިފިއެވެ.
އެމްޑަބްލިއުއެސްސީން މިއަދު ބުނީ، ހުޅުމާލޭގައި ބެހެއްޓި މި އައު އާރުއޯ (ރިވަރސް އޮސްމޯސިސް) ޕްލާންޓް ކާމިޔާބުކަމާއެކު އިންސްޓޯލްކޮށް، ކޮމިޝަންކޮށް ނިންމާފައިވާ ކަމަށެވެ. މި އައު ޕްލާންޓާއެކު، މާލެއާއި ހުޅުމާލެއަށް ފެން ފޯރުކޮށްދިނުމަށް އެ ކުންފުންޏަށް ލިބިފައިވާ ގާބިލުކަން އިތުރަށް ފުޅާވެ، ހަރުދަނާވެގެންދާނެކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.
ރައްޔިތުންނަށް ބޭނުންވާ ސާފު ބޯފެން އެއްވެސް ދަތިކަމެއް ނެތި، އިތުބާރާއެކު ފޯރުކޮށްދިނުން ކަށަވަރުކުރުމަށްޓަކައި، ކުންފުނީގެ އުމްރާނީ ވަސީލަތްތައް ތަރައްޤީކޮށް ކުރިއެރުވުމުގެ މަސައްކަތުގައި މެދުކެނޑުމެއްނެތި ދެމިއޮންނާނެކަމުގެ ޔަގީންކަން އެމްޑަބްލިއުއެސްސީން ވަނީ ދީފައެވެ.
ކޮމެންޓު ފޮނުވާ