އެފްޑީސީގެ ޗެއާޕާސަންގެ މަގާމުން ނަޝްވާ ވަކިކޮށްފި

އެފްޑީސީގެ ޗެއާޕާސަންގެ މަގާމުން ނަޝްވާ ވަކިކޮށްފި

Author
އައިޝަތު އަޙްމަދު
26 ފެބްރުއަރީ 2026 09:24
0

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި ނަޝްވާ އަބްދުﷲ އެ މަގާމުން ވަކިކޮށްފިއެވެ.

މިކަން ކަށަވަރުކޮށްދެމުން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނީ، އެފްޑީސީގެ ޗެއާޕާސަންކަމުގެ މަގާމާއި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމުން ގ. ރޯސްއައިލެންޑް، ނަޝްވާ އަބްދުﷲ ވަކިކޮށްފައިވަނީ މިއަދުން ފެށިގެން ކަމަށެވެ. ނަޝްވާ މަގާމުން ވަކިކުރި ކަމުގައި ވިޔަސް، އެ ބަދަލު ގެނައި ވަކި ޚާއްސަ ސަބަބެއް ޕީސީބީން ހާމަކޮށްފައެއް ނުވެއެވެ.

މިދިޔަ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހު އެފްޑީސީގެ ޗެއާޕާސަންގެ މަގާމަށް އައްޔަންކުރެވުނު ނަޝްވާއަކީ ޕަބްލިކް ހައުސިން އަދި އިންފްރާސްޓްރަކްޗާގެ ދާއިރާއިން 16 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހުރި ބޭފުޅެކެވެ. އޭނާ ވަނީ މީގެ ކުރިން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބޯޑު މެންބަރުކަން ވެސް ކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.