އައްޑޫ ފޭދޫގައި މަސައްކަތްކުރާ ލަންކާ މީހަކު އިސްލާމްވެ ނަން ބަދަލުކޮށްފި

އައްޑޫ ފޭދޫގައި މަސައްކަތްކުރާ ލަންކާ މީހަކު އިސްލާމްވެ ނަން ބަދަލުކޮށްފި

Author
ޙަސަން މުޙައްމަދު
21 ފެބްރުއަރީ 2026 07:06
0

އައްޑޫ ސިޓީ ފޭދޫގައި މަސައްކަތް ކުރަމުން އައި ސްރީ ލަންކާގެ ރައްޔިތަކު މިއަދު އިސްލާމް ދީން ޤަބޫލުކޮށްފި އެވެ.

މިއަދު އަސްރު ނަމާދަށް ފަހު އިސްލާމް ދީން ޤަބޫލުކޮށްފައި ވަނީ، ފޭދޫގައި ހިންގާ "ނަޔާ ސެލޫން" ގައި މަސައްކަތް ކުރަމުން އައި އަރަޗިގެ ވަރްނަ ޕްރަބަތު ސަދަރުވަން އެވެ. ފޭދޫ ބޮޑު މިސްކިތުގައި އޮތް މި ކުޑަ ރަސްމިއްޔާތެއްގައި އޭނާއަށް ޝަހާދަތުގެ ދެކަލިމަ ލައިދެއްވީ އެ މިސްކިތުގެ އިމާމު ޝައިޚް އަޙްމަދު ރިމާޒެވެ.

ހައްގު ދީން ޤަބޫލުކުރުމަށްފަހު އޭނާގެ ނަން ވަނީ "ޢަބްދުﷲ އާދަމް" ގެ ނަމަށް ބަދަލުކޮށްފަ އެވެ.

މީގެ ކުރިން ވެސް އައްޑޫ ސިޓީގެ އެކި ދާއިރާތަކުގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީން، އެމީހުން ކުރިން ތަބާވި ދީން ދޫކޮށް އިސްލާމް ދީން ޚިޔާރުކޮށްފައިވާކަން ފާހަގަކޮށްލެވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.