32 އަހަރުގެ ޚިދުމަތަށްފަހު ސީޕީ ނަވީން ރިޓަޔާ ކުރައްވައިފި

32 އަހަރުގެ ޚިދުމަތަށްފަހު ސީޕީ ނަވީން ރިޓަޔާ ކުރައްވައިފި

Author
އަހުމަދު
18 ފެބްރުއަރީ 2026 11:17
0

ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އިސްމާއިލް ނަވީން، ފުލުހުންގެ ޚިދުމަތުގައި 32 އަހަރު ހޭދަކުރެއްވުމަށްފަހު މަގާމުންނާއި ޚިދުމަތުން މިއަދު ރިޓަޔާ ކުރައްވައިފިއެވެ.

މިދިޔަ އަހަރުގެ ޖޫން މަހު ކޮމިޝަނަރުކަމާ ހަވާލުވެވަޑައިގެންނެވި ނަވީން، ރިޓަޔާ ކުރައްވަން ނިންމެވިކަން ހާމަކުރެއްވީ މިދިޔަ އާދިއްތަ ދުވަހުއެވެ. މިއަދު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި އޭނާ ވިދާޅުވީ، ޚިދުމަތުން ވަކިވެވަޑައިގަންނަވަނީ މީގެ 32 އަހަރު ކުރިން ފުލުހުންނާ ގުޅިވަޑައިގެންނެވިއިރު އެ މުއައްސަސާއަށާއި ގައުމަށް އޮތް ލޯތްބާއި އިހުތިރާމާ އެކުގައި ކަމަށެވެ. އަދި ފުލުހެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަކީ ލިބިވަޑައިގެންނެވި ފަހުރެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

ޕެޓްރޯލް އޮފިސަރެއްގެ ގޮތުގައި ފުލުހުންގެ ޚިދުމަތް ފެއްޓެވި ނަވީން ވިދާޅުވި ގޮތުގައި، މި ވަގުތު ރިޓަޔާ ކުރައްވަން ނިންމެވީ އަމިއްލަ ސަބަބަކާ ހުރެއެވެ. އަދި ގައުމުގެ ސަލާމަތީ ހާލަތު އަމާންކޮށް އޮތުމުން، މިއީ ޚިދުމަތުން ދުރަށް ޖެހިވަޑައިގަތުމަށް އެންމެ އެކަށީގެންވާ ވަގުތު ކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ. ނަވީން ކޮމިޝަނަރުގެ މަގާމަށް އައްޔަންކުރެވުނީ ކުރިން އެ މަގާމުގައި ހުންނެވި އަލީ ޝުޖާއު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ނަވީން ރިޓަޔާ ކުރެއްވިއިރު، ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) ގެ ޚިޔާނާތުގެ މައްސަލައަކާ ގުޅިގެން އޭނާ ހިމެނޭހެން އިސް އޮފިސަރުންތަކެއް ސަސްޕެންޑް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނޮވެމްބަރު މަހު ރައީސަށް ލަފާ އަރުވާފައިވެއެވެ. ނަމަވެސް މަޖިލީހުގެ ތަޅުމުން އެކަމާ މެދު ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.