ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި "ބްރައިޓް މައިންޑްސް"ގެ ވެރިޔާއަށް ބަންދުގެ މުއްދަތު ޖަހައިފި

ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކުރި "ބްރައިޓް މައިންޑްސް"ގެ ވެރިޔާއަށް ބަންދުގެ މުއްދަތު ޖަހައިފި

Author
ޙަސަން މުޙައްމަދު
17 ފެބްރުއަރީ 2026 01:52
0

އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ، ދެ އަހަރު ވަންދެން ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި "ބްރައިޓް މައިންޑްސް" ޓިއުޝަން ސެންޓަރުގެ ވެރިޔާ ފުލުހުން ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހމ. ޚައިރާތު، ޢުމުރުން 27 އަހަރުގެ ޢަލީ އަފްލަޙެވެ. ފުލުހުން މަޢުލޫމާތު ދީފައިވާ ގޮތުގައި އޭނާ ހައްޔަރުކުރެވުނީ މި މައްސަލަ ފެންމަތިވުމާ ގުޅިގެން ރާއްޖެއިން ބޭރަށް ފިލައިގެން ގޮސް އުޅުމަށްފަހު، އިންޑިއާގެ މުމްބާއީން އެނބުރި ރާއްޖެ އައި ތަނުންނެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން މި މަހުގެ 11 ވަނަ ދުވަހުއެވެ.

ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި އަފްލަޙު ވަނީ ކުއްޖާގެ އުމުރުން 14 އަހަރުން ފެށިގެން 16 އަހަރާ ދެމެދު، ތަކުރާރުކޮށް އެކި ފަހަރު މަތިން އެ ކުއްޖާއަށް ޖިންސީ ގޯނާކޮށްފައެވެ. މިއީ އޭނާ އެ ކުއްޖާގެ މައްޗަށް އޮތް އިތުބާރު ކުރެވޭ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ހިންގާފައިވާ ޢަމަލެއް ކަމަށް ފުލުހުން ތުހުމަތު ކުރެއެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ތަހުގީގު ކުރިއަށްދާ މުއްދަތުގައި 30 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.