އެކިއެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ގިނަ އަދަދެއްގެ ބަނގުރާ، މޯލްޑިވްސް ޕޮލިސް ސަރވިސްއިން މިއަދު ދޫނިދޫގައި ނައްތާލައިފިއެވެ.
މިއަދު ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ނައްތާލެވުނު ތަކެތީގެ ތެރޭގައި 777 ފުޅި ބަނގުރަލާއި، 225 ދަޅު ބަނގުރާ ހިމެނެއެވެ. މީގެ އިތުރުން، ބަނގުރަލުގެ މައްސަލަތަކާ ގުޅުންހުރި އެހެނިހެން ތަކެތީގެ ގޮތުގައި ފާހަގަކުރެވޭ 10 އައިޓަމެއް ވެސް މި ހަރަކާތުގެ ތެރެއިން ވަނީ ނައްތާލާފައެވެ.
ފުލުހުން މައުލޫމާތު ދޭ ގޮތުގައި މި ތަކެއްޗަކީ ޑްރަގް އެންފޯސްމަންޓާއި، ޓޫރިސްޓް ޕޮލިސް އަދި ހުޅުމާލެ ޕޮލިސް ސްޓޭޝަނަށް ހުށަހެޅިފައިވާ ބަނގުރަލުގެ މައްސަލަތަކުގެ ތެރެއިން، ތަހުގީގީ މަރުހަލާ ފުރިހަމަކޮށް ކޭސްކުރެވިފައިވާ މައްސަލަތަކުގައި ހިމެނޭ ތަކެއްޗެވެ.
މި ތަކެތި ނައްތާލުމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ، ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި އެފަދަ މައްސަލަތަކުގައި ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގަވާއިދުގެ ދަށުން އެކުލަވާލާފައިވާ ހާއްސަ ކޮމިޓީއެއްގެ ބެލުމުގެ ދަށުންނެވެ.
ކޮމެންޓު ފޮނުވާ