މިއަހަރުގެ ރޯދަ މަހު މާލެ ސަރަހައްދުގެ 24 މިސްކިތެއްގައި ޚަތިމްކޮށް ތަރާވީޙް ނަމާދު ކުރަނީ

މިއަހަރުގެ ރޯދަ މަހު މާލެ ސަރަހައްދުގެ 24 މިސްކިތެއްގައި ޚަތިމްކޮށް ތަރާވީޙް ނަމާދު ކުރަނީ

Author
ޙަސަން މުޙައްމަދު
11 ފެބްރުއަރީ 2026 02:09
0

މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހު، ގްރޭޓަރ މާލެ ސަރަހައްދުގެ 24 މިސްކިތެއްގައި ޚަތިމްކޮށް (ހިފްޒުކޮށް) ތަރާވީޙް ނަމާދު ކުރުމަށް ހަމަޖެހިފައިވާކަން އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

އެ މިނިސްޓްރީން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މި ފަހަރު މާލޭގެ 15 މިސްކިތަކާއި ވިލިމާލޭގެ އެއް މިސްކިތެއްގައި ހިފްޒުކޮށް ނަމާދު ކުރާނެއެވެ. މީގެ އިތުރުން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހިން ފަސް މިސްކިތަކާއި، ދެވަނަ ފިޔަވަހީގެ ތިން މިސްކިތެއް ހިމެނޭހެން ޖުމްލަ 8 މިސްކިތެއްގައި ހުޅުމާލޭގައި މި އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

މާލޭގައި ޚަތިމްކޮށް ތަރާވީޙް ކުރާ މިސްކިތްތަކުގެ ތެރޭގައި އިސްލާމީ މަރުކަޒާއި، ކިންގް ސަލްމާން މިސްކިތުގެ އިތުރުން މަސްޖިދުލްފުރުޤާން، މަސްޖިދުއްނޫރު، ޝަހީދު ޢަލީ މިސްކިތް، ޠައިބާ މިސްކިތް، ދުބުރި މިސްކިތް، ފަނޑިޔާރު މިސްކިތް، މަސްޖިދުއްސުލްޠާނުލްޢާދިލު، ޖަލާލުއްދީން މިސްކިތް، އިބްރާހީމް މިސްކިތް، އިސްކަންދަރު މިސްކިތް، މާވެޔޮ މިސްކިތް، ރަން މިސްކިތް އަދި ފައިފުހޭ މިސްކިތް ހިމެނެއެވެ. ވިލިމާލޭގައި ހިފްޒުކޮށް ނަމާދުކުރާނީ މަސްޖިދުލްއިޚްލާޞް (ސޮނީ މިސްކިތް) ގައެވެ.

ހުޅުމާލެއަށް ބަލާއިރު، ފުރަތަމަ ފިޔަވަހީގެ މަސްޖިދުލްއަޞްދިޤާ، ޤާސިމް ބިން މުޙައްމަދު އާލްޘާނީ މިސްކިތް، ޢަޒީޒާ މޫސާ މިސްކިތް، މަސްޖިދު މުޙައްމަދު އަދި މަސްޖިދުލްވާލިދައިނިގައި ތަރާވީޙް ނަމާދު ޚަތިމްކޮށް ކުރާނެއެވެ. އަދި ދެވަނަ ފިޔަވަހިން ޢަމީލު ޖަލީލު މިސްކިތާއި، ޙަސަން އާދަމް މިސްކިތް އަދި މަސްޖިދުލްއީމާންގައި މި އިންތިޒާމު ވަނީ ހަމަޖެހިފައެވެ. ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ ފެބްރުއަރީ 18 ވާ އަންގާރަ ދުވަހެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.