އުތުރާއި މެދުރާއްޖެތެރެއަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްފި

އުތުރާއި މެދުރާއްޖެތެރެއަށް ވައިގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށްފި

Author
ޙަސަން މުޙައްމަދު
05 ފެބްރުއަރީ 2026 09:20
0

ހޮނިހިރު ދުވަހުގެ މެންދުރު ފަހާ ހަމައަށް، ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ވައި ގަދަވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ.

މޫސުން ގޯސްވާނެކަމަށް ލަފާކޮށް މެޓް އޮފީހުން ވަނީ މިއަދު ހެނދުނު 07:00 އިން މެންދުރު 13:00 އަށް، ހއ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް ހުދު ސަމާލު ނެރެފައެވެ. މި ވަގުތުތަކުގައި އެ ސަރަހައްދުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ކަނޑުތައް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

އެ އިދާރާއިން ހާމަކުރެއްވި ގޮތުގައި ކުރިއަށް އޮތް ހޮނިހިރު ދުވަހުގެ މެންދުރާ ހަމައަށް އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް ވައި ގަދަވުމުގެ އިތުރުން، ކޮންމެވެސް ވަރަކަށް ކެރީގެ އަސަރު ކުރުން އެކަށީގެންވެއެވެ. މީގެއިތުރުން، ރާއްޖޭގެ މާހައުލުގައި ދުންފުހުގެ އަސަރު ހުރި މިންވަރަށް ބަލާއިރު، ހާލަތު މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށްވެސް މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.